Support Us

ކެންޔާގައި ކަނޑާ ޓްރެފިކް ކުރަން އުޅުނު ބެލްޖިއަމް ދެ މީހުން ކަނޑާތައް ސިރިންޖްތަކަކަށް ލައިފައި

ކަނޑާ ޓްރެފިކް ކުރަން އުޅުނު 4 މީހުންނާ ދެކޮޅަށް ދައުވާ

ގާތްގަނޑަކަށް ކެންޔާގެ އެއް މިލިއަން ޝިލިން ނުވަތަ 7،700 ޑޮލަރު (118،568ރ.)ގެ އަގުހުރި ކަނޑާ ޓްރެފިކް ކުރަން އުޅުމުގެ ތުހުމަތުގައި ކެންޔާގައި ހަތަރު މީހަކަށް ދައުވާކޮށްފިއެވެ.

ރަސްމީ އިދާރާތަކުން ބުނީ ކަނޑާތަކުގެ ބާވަތުންނާއި މާކެޓުތަކުގައި ޑިމާންޑް ހުރި ގޮތުން މި ކަނޑާތަކުގެ އަގަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

އެއް ދުވަހެއްގައި ދައުވާކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ އުމުރުން 19 އަހަރުގެ ބެލްޖިއަމް މީހުންނެވެ. އެ މީހުން ތިބި ގެސްޓް ހައުސް ކޮޓަރިން ވަނީ 5،000 ކަނޑާ ފެނިފައެވެ. ކަނޑާތައް ލައިފައިވަނީ އެތައް މަހެއް ވަންދެން ދިރިތިބެވޭނެ ގޮތަށް ކަފަ އަޅައިފައިވާ 2،244 ސިރިންޖަށެވެ.

ކަނޑާ ޓްރެފިކް ކުރުމުގައި ދެން ދައުވާ ކުރީ ވިއެޓްނާމް މީހަކާއި ކެންޔާ މީހަކާ ދެކޮޅަށެވެ. އެ ދެ މީހުންގެ އަތުން 400 ކަނޑާ ފެނިފައިވެއެވެ.

ކެންޔާގައި ކަނޑާ ޓްރެފިކް ކުރަން އުޅުނު ބެލްޖިއަމް ދެ މީހުން ކަނޑާތައް ސިރިންޖްތަކަކަށް ލައިފައި

ބެލްޖިއަމް ދެ ރައްޔިތުން ހައްޔަރުކޮށްފައިވަނީ ގުދުރަތީ ޕާކުތައް ގިނަ ސަރަހައްދެއް ކަމަށްވާ ނަކޫރޫންނެވެ. ވިއެޓްނާމް މީހާ އާއި ކެންޔާ މީހާ ހައްޔަރުކޮށްފައިވަނީ ނައިރޯބީންނެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ ހަތަރު މީހުންނަށް ދައުވާ ކުރީ "ދިރޭ މަހުލޫގުންގެ މަގުފޭރުން" ނުވަތަ "ވައިލްޑްލައިފް ޕައިރެސީ"ގެ ދަށުން ކަމަށާއި ފަހަކަށް އައިސް ބޮޑެތި ޖަނަވާރުންގެ ބަދަލުގައި ކުދިކުދި އަދި އާއްމު ގޮތެއްގައި ނޭނގޭ ހައިވާނުން ޓްރެފިކް ކުރުން ދަނީ އިތުރުވަމުން ކަމަށެވެ.

ބެލްޖިއަމްގެ ދެ ޒުވާނުން ހައްޔަރުކުރީ މި މަހު ފަހެއްގައެވެ. ވެރިރަށް ނައިރޯބީގެ ކޯޓުގައި އެ ދެ މީހުން ބުނީ އެ މީހުން ކަނޑާ އެއްކުރީ މަޖަލަކަށް ކަމަށާއި އެއީ މަނާކަމެއްކަން ނޭނގޭ ކަމަށެވެ. އެ ދެ ޒުވާނުން ކޯޓު ތެރޭގައި ޖަޒުބާތުގައި ޖެހުމުން އެ ދެ މީހުން ހިތްހަމަޖައްސައިދިނީ އާއިލާގެ މެންބަރުންނެވެ.

ކެންޔާގެ ވަލުތަކުގައި އުޅޭ ހައިވާނުންނާ ބެހޭ އިދާރާ ކަމަށްވާ ކެންޔާ ވައިލްޑްލައިފް ސާވިސް (ކޭ.ޑަބްލިޔު.އެސް)އިން ނެރުނު ބަޔާނެއްގައި ބުނީ ހަތަރު މީހުން ކަނޑާތައް ޓްރެފިކް ކުރަން އުޅުނީ ޔޫރަޕާއި އޭޝިއާގެ މާކެޓްތަކަށް ކަމަށާއި ޓްރެފިކް ކުރަން އުޅުނު ކަނޑާތަކުގެ ތެރޭގައި "މެސޯ ސެފަލޯޓްސް" ބާވަތުގެ ކަނޑާ ހިމެނޭ ކަމަށެވެ. މިއީ ސައިޒުގެ ގޮތުން ބޮޑު، ރަތްކުލައަކަށްދާ، ހަނަފަސް ދުވަސްވަރު ގަސްގަހުގެ އޮށް ރައްކާތެރިކުރާ ބާވަތުގެ، އިރުމަތީ އެފްރިކާގެ ވަޒަންވެރި ކަނޑާގެ ބާވަތެކެވެ.

"ގާނޫނާ ހިލާފަށް މި ކަނޑާތައް ބޭރުކުރަން އުޅުމުން ކެންޔާގައި ދިރިއުޅޭ ދިރޭ މަހުލޫގުންގެ މައްޗަށް ކެންޔާގެ ދައުލަތަށް އޮތް ބާރު ކަނޑުވާލާ. އަދި ކެންޔާގެ ރައްޔިތުންނާއި ދިރާސާކުރާ މުއައްސަސާތަކަށް ލިބެން އޮތް ތިމާވެށި އަދި އިގުތިސަދީ ފައިދާތަކުން އެ ފަރާތްތައް މަހްރޫމުވާނެ،" ކޭ.ޑަބްލިޔު.އެސްއިން ބުންޏެވެ.

މީގެ ކުރިން ކެންޔާއިންވަނީ ބޮޑެތި ޖަނަވާރުތަކުގެ ގުނަވަންތައް ޓްރެފިކް ކުރުމުގެ މައްސަލަތައް ބަލައިފައެވެ. އޭގެ ތެރޭގައި އެތް، ރައިނޯ އަދި ޕެންގޮލިން ހިމެނެއެވެ.

"މި ހަތަރު މީހުންގެ އަމަލުތަކުން ހާމަވަނީ، ގާތުން ދޭ މަމަލްގެ ބާވަތުގެ ބޮޑެތި ޖަނަވާރުތައް ޓްރެފިކް ކުރުމުގެ ބަދަލުގައި މިހާރު ތިމާވެށީގެ ގޮތުން ނާޒުކު، ނަމަވެސް އާއްމުކޮށް ނޭނގޭ، ހައިވާނުތައް ޓްރެފިކް ކުރަން ފަށައިފައިވާކަން،" ކޭ.ޑަބްލިޔު.އެސް.އިން ބުންޏެވެ.

ނައިރޯބީގައި ހުންނަ އެފްރިކާގެ ޖަންގަލިތަކުގައި އުޅޭ މަހުލޫގުންނާ ބެހޭ، ހިލޭސާބަހަށް މަސައްކަތްކުރާ އެފްރިކާ ވައިލްޑްލައިފް ފައުންޑޭޝަންގެ ނައިބު ރައީސް ފިލިޕް މުރުތީ ބުނީ ފަސްގަނޑު ދުޅަހެޔޮކުރުމުގައި ކަނޑާއަކީ މުހިންމު ދައުރެއް އަދާކުރާ މަހުލޫގެއް ކަމަށެވެ. ގަސް ފަޅުވައި އަދި ދޫނި ފަދަ ދިރޭ ތަކެއްޗަށް ވެސް ކާނާ ފޯރުކޮށްދޭ ކަމަށެވެ.

"މިސާލަކަށް ނަގޮންގް ޖަންގަލި ފެނިއްޖެ ނަމަ ފުރަތަމައިން ހިތަށް ނާރާފާނެ އެ ޖަންގަލި އެހާ ދުޅަހެޔޮއީ ކީއްވެކަން. ޖަންގައްޔެއްގެ ދުޅަހެޔޮކަން ބިނާވަނީ ޖަރާސީމުން ފެށިގެން ކަނޑާ އާއި އަދި އެއަށްވުރެ ބޮޑެތި މަހުލޫގުންނާ ދެމެދު ވެސް އޮންނަ ގުޅުމުގެ ސަބަބުން،" މުރުތީ ބުންޏެވެ.

އޭނާ ފާހަގަކުރީ ދިރޭ ތަކެތި ޓްރެފިކް ކުރުމުން އެ އެއްޗެހި ފޮނުވައިލި ގައުމުތަކުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ނުރައްކާ ކުރާނެ ކަމަށެވެ. އެއީ މި ކަމުގެ ސަބަބުން ބަލިތައް ވެސް އެކްސްޕޯޓު ކުރެވޭތީއެވެ.

"އަދި ވިޔަފާރިއަށް ކުރި ކަމެއް ކަމަށް ވިޔަސް، މިއީ ރެގިއުލޭޓް ކުރެވެން ޖެހޭނެ ކަމެއް. އަހަރެމެންގެ ގުދުރަތީ ވަސީލަތްތައް އެއްވެސް ބަޔަކަށް އެ ގޮތަކަށް ނަގައިގެން ގެންދެވިގެން ނުވާނެ،" މުރުތީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *