Support Us

ކ-ވ: ރިޔާޒު އަހްމަދު، މުޚްތާރު އަހްމަދު އަވާން އަދި ޝައުކަތު އަހްމަދު

ކަޝްމީރުގައި ގޮތްނޭނގޭ ގޮތަކަށް 2 ޒުވާނުން މަރުވުމުން މުޒާހަރާ

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ގޮތްނޭނގޭ ގޮތަކަށް މަރުވެފައިވާ ދެ ޒުވާނެއްގެ ހަށިގަނޑު ފެނުމުން މުޒާހަރާކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ރިޔާޒު އަހްމަދު އާއި އޭނާގެ އުމުރުން 18 އަހަރުގެ ކޮއްކޮ ޝައުކަތު އަހްމަދާއެކު އެ ދެބެއިންގެ ރަހްމަތްތެރިޔާ، އުމުރުން 24 އަހަރުގެ މުޚްތާރު އަހްމަދު އަވާން ގެއްލުނީ ފެބްރުއަރީ 13 ގައި ކައިވެނި ހަފުލާއަކަށް ދިޔަ މަގުމަތީގައެވެ. އޭގެ މަހެއް ފަހުން ރިޔާޒް އާއި ޝައުކަތުގެ ހަށިގަނޑު ފެނުނީ ފެން ހިނގާ ކެނެލްއެއްގެ ތެރެއިންނެވެ. މުޚްތާރަށް ވީ ގޮތެއް އަދިވެސް ނޭނގެއެވެ.

ރަސްމީ އިދާރާތަކުން ބުނީ ދެ ޒުވާނުން މަރުވީ ގެނބިގެން ނުވަތަ އަމިއްލައަށް މަރުވެގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނީ ދެ ޒުވާނުންގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ހުރި ކަމަށެވެ.

ދެ ޒުވާނުންގެ މަރާ ގުޅިގެން ކުރި މުޒާހަރާގައި އަންހެނެއްގެ ގައިގައި ފުލުހަކު ކޮޅުފައިންޖަހާ މަންޒަރުގެ ވީޑިއޯ ވަނީ ވައިރަލްވެފައެވެ. މުޒާހަރާގައި އިސްކޮށް އުޅުނު ދަރިވަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ކަޝްމީރުގެ ސްޓޭޓް ސަރުކާރުން ހަމަހިމޭނުން ތިބޭތީ އެ އިދާރާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ އަހަރުން ފެށިގެން މަދުވެގެން 17 މީހުން ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ބައިވަރު ކުޑަކުދިން ހިމެނެއެވެ. މީގެ ކުރިން ސަލާމަތީ ބާރުތަކުގެ ދަށުގައި ތިބި މީހުން މަރުވުމާއި ގަދަކަމުން ގެއްލުވައިލުމުގެ މައްސަލަތަކެއް ވެސް ވަނީ ހިނގައިފައެވެ.

ދެ ޒުވާނުންގެ އާއިލާއިން ބުނީ އިންސާފު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ދެ ކުދިންނަށް ވަނީ އަނިޔާކޮށް މަރައިލައިފައި. އަހަރެމެން މި ކަމާ އަޅާނުލައެއް ނުތިބޭނަން،" ރިޔާޒު އާއި ޝައުކަތުގެ ބައްޕަ މުހައްމަދު ސޯދިގު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *