Support Us

ބުޅާ ހިޔާގެ އެނދި ތަންތަން އަލިފާން ނިއްވާ މީހުން ބަލައިލަނީ

ހިޔާވަހީގެ އަލިފާނުގައި ތަނުގެ ވެރިޔާގެ އިތުރުން 59 ބުޅާ މަރު

އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގައި އަމިއްލަ މީހަކު ހަދައިފައިވާ ބުޅާ ހިމާޔަތްކުރާ ތަނެއްގައި ރޯވެ އޭނާގެ އިތުރުން މަދުވެގެން 59 ބުޅަ މަރުވެއްޖެއެވެ.

އުމުރުން 65 އަހަރުގެ ކްރިސްޓޮފާ އާސެނޯލްޓްގެ ހަށިގަނޑު ފެނިފައިވަނީ އެތެރޭގައި ހުރި ކޮޓަރިއެއްގެ ތެރެއިންނެވެ. އޭނާ ދިރިއުޅުނީ ވެސް އެ ތަނުގައެވެ.

ގާތްގަނޑަކަށް 150 ބުޅާ ސަލާމަތްވިއެވެ. މި ހުރިހާ ބުޅަލަކީ ވެސް އޭނާ ސަލާމަތްކޮށްދީގެން އެ ހިޔާވަހީގައި ގެންގުޅެން ގެނައި ބުޅާތަކެކެވެ.

"ސަލާމަތްވި ބައެއް ބުޅާތައް ވަނީ ފިހިފައި. އަދި ބައެއް ބުޅާތަކަށް ވަނީ ދުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް މައްސަލަ ކުރިމަތިވެފައި،" އޮފިޝަލެއް ކަމަށްވާ ރޯއި ގްރޮސް ބުންޏެވެ.

"ހެޕީ ކެޓް ސެންކްޗުއަރީ" ނުވަތަ ލަފުޒީ މާނައިން ނަމަ "އުފާވެރި ބުޅާތަކުގެ ހިޔާ"ގެ ނަމުގައި މި ތަން ހެދި ކްރިސްޓޮފާއަކީ "ވަރަށް ހިތްހެޔޮ މީހެއް ކަމަށް ބެލެވޭ" ކަމަށް ރޯއި ބުންޏެވެ.

"އޭނާގެ ހަޔާތް ގުޅިފައިވަނީ ބުޅަލާ،" ރޯއި ބުންޏެވެ.

އަލިފާން ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހު ހެނދުނު 7.00 ގައި ކަމަށް އޭނާ ބުންޏެވެ.

ކްރިސްޓޮފާ ވަނީ މި ހިޔާ އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފައި ކަމަށް ވެސް ރޯއި ބުންޏެވެ.

"ނަސީބު ދެރަކަމުން މި ހާދިސާ މި ދިމާވީ އޭނާ މި ގޮތަށް ހަމަ ނިންމިތަނާ. މިހާރު އޭނާ މި ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައި،" ރޯއި ބުންޏެވެ.

ސަލާމަތްވި ބުޅާތަކަށް އާ ހިޔާވަހިކަމެއް ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހައިވާނުން ހިމާޔަތް ކުރާ ޖަމިއްޔާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ނަމަވެސް އެ ކަން އަދިކިރިޔާ ހަމަ ފަށައިގަތީ،" ރޯއި ބުންޏެވެ.

އަލިފާން ހިނގަން މެދުވެރިވި ސަބަބު މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބުޅާ ގެންގުޅެން މި ހިޔާ ކްރިސްޓޮފާ ގާއިމުކުރީ 2006 ގައެވެ. އެއީ އޭނާގެ އުމުރުން 24 އަހަރުގެ ފިރިހެން ދަރިފުޅު އެރިކް ސައިކަލު އެކްސިޑެންޓެއްގައި މަރުވި ފަހުން ކަމަށް މި ހިޔާގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

"ކްރިސްޓޮފާއަށް ދިރިއުޅުމުގެ އުއްމީދެއް ލިބުނީ ބަލިވެފައިވާ 30 ޅަ ބުޅާ ފެނިގެން. އެ ސޮރުމެންނަށް ފަރުވާ ދީގެން ވަނީ ސަލާމަތްކޮށްފައި،" ރޯއި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *