Support Us

މިސްރުގެ އަޝްރަފު މަހްރޫސް އޭނާގެ ދަތްޕިލައިގައި ވަލެއް ޖަހައިގެން ރޭލު ދަމަނީ

ދަތްޕިލައިން ރޭލެއް ދަމައިގެން ދުނިޔޭގެ ތިން ރެކޯޑު

ދަތްޕިލައިން ރޭލެއް ދަމައިގެން މިސްރުގެ ރެސްލްކުރާ މީހަކު ދުނިޔޭގެ ތިން ރެކޯޑެއް މުގުރައިލައިފިއެވެ.

މިސްރުގެ ރެސްލިންއާ ބެހޭ އިދާރާގެ ރައީސްކަން ކުރަމުން އަންނަ، މިހާރު އުމުރުން 40 ގެ އަހަރުތައް ގުނަމުން އަންނަ އަޝްރަފު މަހްރޫސްގެ ތިން ރެކޯޑު ވަނީ ދުނިޔޭގައި ރެކޯޑު ބަލަހައްޓާ ގިނެސްއިން ރަސްމީ ގޮތުން ބަލައިގަތްފައެވެ.

އަޝްރަފުގެ ތިން ރެކޯޑަކީ ހަމައެކަނި ދަތްޕިލައިގެ އެހީގައި އެންމެ ބަރު ރޭލު ދެމުމާއި އެންމެ ބަރު ރޭލު ދެމުމާއި އަދި 100 މީޓަރު ހުރި މަގުމަތީ އުޅަނދެއް އެންމެ އަވަހަށް ދަމައިލިކަމުގެ ރެކޯޑެވެ.

"ދެ ޓަނު ހުރި ރޭލު އަހަރެން ދަމައިލީ 40 ސިކުންތަށްވުރެ ވެސް މަދު އިރުކޮޅެއްގެ ތެރޭގައި،" އަޝްރަފު ބުންޏެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ ރަމްސަސް ރޭލު ސްޓޭޝަންގައި އޭނާ މި ރެކޯޑުތައް މުގުރައިލި މަންޒަރު ބަލަން އެތައް ބަޔަކު އެއްވެ ތަރުހީބު ދިނެވެ. އޭނާ ވަނީ 279 ޓަނު ހުރި ރޭލު، އޭނާގެ ދަތްޕިލައިގައި ވަލެއް އައްސައިގެން އެ ރޭލު 10 މީޓަރު ނުވަތަ 33 ފޫޓަށް ދަމައިފައެވެ. މީގެ އިތުރުން އޭނާ އެ ވާ އޭނާގެ ކޮނޑުގެ ވަށައިގެން އައްސައިފައި ވެސް އެ ރޭލު ދެމިއެވެ.

އަޝްރަފު މިދިޔަ އަހަރު ފެބްރުއަރީގައި ވަނީ ދުނިޔޭގެ އެހެން ރެކޯޑެއް ވެސް މުގުރައިލައިފައެވެ. އެއީ 30 ސިކުންތުގެ ތެރޭގައި 11 ބިސް ފަޅައިގެން އެ ތަކެތި ރޯ ހާލުގައި ބޯލުމުންނެވެ.

އޭގެ ކުރިން 2021 ގެ ޖޫން މަހު އަޝްރަފު ވަނީ 17 ޓަނު ހުރި ލޮރީއެއް އޭނާގެ ދަތްޕިލައިން ދަމައިގެން ރެކޯޑެއް މުގުރައިލައިފައެވެ.

ދަތްޕިލައިން ރޭލު ދެމުމުގެ ރެކޯޑު މުގުރައިލި މަޝްރޫއު ރޭވުމުގައި ހަރަކާތްތެރިވި ދައުލަތު އަލްނަކަބު ބުނީ މި އިވެންޓަށް އަޝްރަފު ތައްޔާރުވީ 20 ދުވަސް ކުރިން ކަމަށެވެ.

"ނަމަވެސް އަޝްރަފު ގަވައިދުން ޕްރެކްޓިސްއެއް ނުކުރޭ. އޭނާގެ ހާއްސަ ކަމަކީ އޭނާގެ ހަށިގަނޑުގައި އާދަޔާހިލާފު ބާރުގަދަކަމެއް ހުރުން،" ކުޅިވަރާ ބެހޭ ކުންފުންޏެއް ހިންގާ ދައުލަތު ބުންޏެވެ.

ދަތްޕިލައިން ރޭލު ދެމުމުގެ ރެކޯޑުތައް މުގުރައިލި އިވެންޓްގެ ވީޑިއޯއެއް ބީބީސީން ޔޫޓިއުބަށް ލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *