Support Us

އިންޑިއާގެ ކަރުނަޓަކަ ސްޓޭޓަށް އުފަން ޕިކާ ސިންޑްރޯމް ބަލި ޖެހިފައިވާ އުމުރުން 34 އަހަރުގެ ޕައްކިރައްޕަ ހުނަގުންޑި ހިލަ ކަނީ

ހަގީގީ ވާހަކައެއް: މީނާ ކަނީ ދުވާލަކު 3 ކިލޯގެ ކިސަޑާއި ހިލަ!

އިންޑިއާގެ ކަރުނަޓަކަ ސްޓޭޓަށް އުފަން އުމުރުން 34 އަހަރުގެ ޕައްކިރައްޕަ ހުނަގުންޑިއަކީ ޕިކާ ސިންޑްރޯމް ނަމަކަށް ކިޔާ ކެއުމުގެ ބައްޔެއް ހުންނަ މީހެކެވެ. އުމުރުން 10 އަހަރުއްސުރެ ޕައްކިރައްޕަ ކަމުން އަންނަނީ ކިސަޑާއި ހިލައެވެ. މިހާރު ދުވާލަކު ތިން ކިލޯގެ ކިސަޑާއި ހިލަ އޭނާ ކައެވެ.

ޕިކާ ސިންޑްރޯމް ހުންނަ މީހުން ކާ ބައެއް ތަކެތީގެ ތެރޭގައި ދަތްއުނގުޅާބޭސް، އިސްތަށި، ތަފާތު ބާވަތްތަކުގެ މައުދަން އަދި ހިލަ ހިމެނެއެވެ.

މިއީ ހަޖަމުގެ ނިޒާމަށް މައްސަލަ ޖެހުމާއި ހަށިގަނޑަށް ބޭނުންވާ ރަނގަޅު މާއްދާތައް ނުލިބުމާއި ޖަރާސީމުގެ ސަބަބުން ބަލިތައް ޖެހޭ ކަމެކެވެ. ނަމަވެސް ޕައްކިރައްޕަ ބުނީ އޭނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތި ނުވާ ކަމަށެވެ.

"އަހަރެން ކާހިތްވަނީ ކިސަޑާއި ހިލަ. އެއީ މިހާރު އަހަރެންގެ ހަޔާތުގެ ބައެއް. ބަތް ނުކައި އަހަރެން ހުރެފާނަން އެކަމަކު ކިސަޑާއި ހިލަ ނުކައި ނުހުރެވޭ،" ޕައްކިރައްޕަ ބުންޏެވެ.

ޕައްކިރައްޕަ ހުނަގުންޑި ކިސަޑާއި ހިލަ ކާން ފެށީ އުމުރުން 10 އަހަރުގައި

ޕައްކިރައްޕަގެ އާދަޔާ ހިލާފު ކެއުމުގެ އާދަތަކާ ހެދި އޭނާގެ މަންމަ ކުރިން ކަންބޮޑުވިއެވެ. އެ ގޮތުން އޭނާއަށް ކޮންމެ ދުވަހަކު ބަތް ވެސް ކައްކައިދިނެވެ. ނަމަވެސް ކިސަޑާއި ހިލަ ކެއުމާ ޕައްކިރައްޕައަކަށް ދުރަކަށް ނުދެވުނެވެ.

"އަހަރެންގެ މަންމަ ބުނި ކިސަޑާއި ހިލަ ނުކެއުމަށް. ނަމަވެސް މަންމަ އަހަރެންނަށް ތެއްލި ކުކުޅު ދިނުމުން ވެސް އަހަރެންނަށް އެ ނުކެވުނު. އަހަރެންނަކަށް އެ ދިރުވައެއް ނުލެވުނު. އަހަރެންނަށް އެ ކަމަކު ނުދިޔަ. އަހަރެންނަށް ކާން ބޭނުންވަނީ ކިސަޑާއި ހިލަ،" ޕައްކިރައްޕަ ބުންޏެވެ.

މަންމަގެ އިތުރުން ޕައްކިރައްޕަގެ ރަހްމަތްތެރިންނަށް ވެސް އޭނާއަށް އެހީއެއް ނުވެވުނެވެ.

"ކިސަޑާއި ހިލަ ނުކާން އަހަރެމެން ޕައްކިރައްޕައަށް ނަސޭހަތް ދިނިން. ނަމަވެސް ދަނޑަށް ގޮސްފައި ވެސް އޭނާ ކަނީ ކިސަޑު. އަދި ހޫނު ބޯޓުދެލި ވެސް ހަފައިގެން އޭނާ ކައި އުޅޭ،" ޕައްކިރައްޕަގެ ރައްޓެއްސަކު ބުންޏެވެ.

ޕައްކިރައްޕަ ހުނަގުންޑި ކިސަޑާއި ހިލަ ކާ މަންޒަރު ބަލަން އަންނަ މީހުންގެ އަތުން އޭނާ މިހާރު ފީއެއް ނަގާ

ޕައްކިރައްޕަގެ ކެއުމުގެ މި އާދަޔާ ހިލާފު އާދަތައް ވީ އޭނާ ދިރިއުޅޭ ވިލެޖްގެ ރަށްވެހިންނަށް ޝައުގުވެރި ކަމަކަށެވެ. އަދި އޭނާ ކިސަޑާއި ހިލަ ކާ މަންޒަރު ބަލާހިތުން ދުރު ހިސާބުތަކުން ވެސް މީހުން އޭނާއަށް ޒިޔާރަތް ކުރަން ފެށިއެވެ. މި ކަމުގެ ފައިދާ ޕައްކިރައްޕަ ނެގިއެވެ. ކިސަޑާއި ހިލަ ކާ މަންޒަރު ބަލަން އަންނަ މީހުންގެ އަތުން އޭނާ ފީ ނަގަން ފެށިއެވެ.

ބައްޕަ މަރުވުމުން ޕައްކިރައްޕައަށް މިހާރު ވަނީ އޭނާގެ އާއިލާ ބެލުމުގެ ޒިންމާ ނަގަން ޖެހިފައެވެ. މިހެންވެ އޭނާގެ ކެއުމުގެ "ހާއްސަ ހުނަރު"ގެ އާދަތަކުން އާމްދަނީ ހޯދުން ކުރިއަށް ގެންދަން ނިންމިއެވެ.

"އަހަރެންގެ މަންމައަށް އަހަރެން އަޅާލަން ޖެހޭ. ނަމަވެސް އަހަރެމެންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް. މިހެންވެ އަހަރެންގެ 'ހުނަރު’ން ފައިސާ ނަގަން އަހަރެން ބޭނުންވީ. އަހަރެންނަށް މި ކުރެވޭ ކަންތައް މީހުންނަށް ދައްކައި އެ ކަމުން ފައިސާ ހޯދަން އަހަރެން ބޭނުން،" ޕައްކިރައްޕަ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް