Support Us

މީގައި އެ ބުނަނީ ކީކޭކަން އެނގޭތަ؟ އިންޑިއާ މީހުންނަށް ވަރަށް އަސަރުކޮށްފި

މިއީ ގައުމު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލީޝަނުން މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ބޮޑު މުޒާހަރާއިން ފެނުނު މަންޒަރެކެވެ. މީގައި ބުނަނީ ކީކޭ ކަމެއް ކުރިން އޮތީ ނޭނގިފަ އެވެ. ނަމަވެސް، މި ފޮޓޯ ފެނިގެން، އިންޑިއާގެ އެއް ބަޔަކު ޓްވިޓަރގައި ވަނީ ސުވާލު އުފައްދައިފައެވެ. އަނެއް ބަޔަކު ވަނީ ރުޅިގަދަވެފައެވެ.

ހިންދީ ބަހުން ލިޔެފައިވާ ބޯޑެއް ފެނުމުން، އިންޑިއާގެ ބައެއް މީހުންނަށް ހީވެގެން އުޅެނީ، މުޅި މުޒާހަރާއަކީ ވެސް އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ކުރި މުޒާހަރާއެއް ކަމަށެވެ. ދެން ހުރި ބޯޑުތަކުގައި ދިވެހިން ލިޔެފައި ހުރުމުން، ވާނުވާއެއް އެމީހުންނަކަށް ނޭނގެއެވެ.

މި ފޮޓޯއަކީ ތ. ކަނޑޫދޫގައި މުޒާހަރާ ފެށުމުގެ ކުރިން އެ ގްރޫޕުން ނަގައިފައިވާ ފޮޓޯއެކެވެ. އެކަމަކު، ކަނޑޫދޫގެ މުޒާހަރާތެރޭގައި ވެސް އެ ބޯޑު ފެންނަ ފޮޓޯތައް ފެނެއެވެ.

"މޯދީ! ރާއްޖެއަކީ ދެވަނަ ކަޝްމީރަކަށް ނެހެދޭނެ!!" އެ ބޯޑުގައި ހިންދީ ބަހުން އޮތް އެއްޗެއްގެ މާނަ ލިޔެފައި އެކަކު ބުންޏެވެ. "އިންޑިއާ އާއި މޯދީއާ ދެކޮޅަށް ރާއްޖޭގައި ތިބި ބަޔަކު މުޒާހަރާކުރަނީ ކީއްވެ؟ މި ކަމުގައި އިންޑިއާގެ މީޑިއާއިން އެއްޗެއް ނުބުނަނީ ކީއްވެ؟"

މި ޕޯސްޓުކުރި އަޝޯކް ސްވެއިން އަށް ރައްދުދީ ގިނަ ބަޔަކު ވާހަކަ ދައްކައިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެއެވެ.


އެއްބަޔަކު ބުނަމުންދިޔައީ އެއީ އިންޑިއާގެ ނުފޫޒު ރާއްޖެ މައްޗަށް ގަދަވެ، އިންޑިއާގެ އަސްކަރީ މަރުކަޒުތައް ރާއްޖޭގައި ހަދަން އުޅޭތީ، އެކަމާ ދެކޮޅަށް ދިވެހިން އަޑުއުފުލަނީ ކަމަށެވެ.

އިންޑިއާ މީހަކު ބުނީ ޕާކިސްތާނުން މާގިނައިން ރާއްޖެއަށް ފައިސާ ދެނީ ކަމަށާއި އެހެންވެ އިންޑިއާ އިން ވީހާ އަވަހަކަށް އަރައި ރާއްޖެ ހިފަންޖެހޭ ކަމަށެވެ.

ކޮންމެއަކަސް މި ފޮޓޯ އިން، އިންޑިއާ މީހުންނަށް ވަރަށް އަސަރުކޮށްފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފޮތިގަނޑުގައި ހިންދީބަހުން ދޭވަނާގަރީ އަކުރުން ލިޔެފައި މިއޮތީ"ޕީ އެމް މޯދީ! އާޕް މާލްދީވްކޯ ދޫސްރާ ކަޝްމީރު ނަހީން ބަނާ ސަކްތޭ!"

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *