ނޯޓު: މިއީ ޖެނީވާ ޓައިމްސްގައި ޑރ. ރުޚްސާނާ އަހްމަދު ލިޔުއްވައިފައިވާ ކޮލަމެއްގެ ތަރުޖަމާއެވެ.
އަންޒަމާނުއްސުރެ ގުދުރަތީ މާހައުލާ އިންސާނުންގެ ގުޅުމެއްވެއެވެ. މަތީގައި ދިއްލައިލައިފައިވާ ނޫކުލައިގެ އުޑުތަކާއި ތިރީގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަނޑުތަކާއި، ފެތުރިފައިވާ ފެހި ޖަންގަލިތަކާއެކު، ގުދުރަތުން އިންސާނުންގެ ފުރާނައަށް ހަމަޖެހުން ގެނެސްދެއެވެ. ރީތިކަމުގެ އިތުރުން، އަހަރެމެންގެ ސިއްހަތާއި ސިކުނޑީގެ ދުޅަހެޔޮކަމާއި ވަށާޖެހޭ އުފާވެރިކަމަށް ގުދުރަތީ މާހައުލުތަކުން މުހިންމު ދައުރެއް އަދާކުރެއެވެ.
އަހަރެމެންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ގުދުރަތީ ތިމާވެށިން މުހިންމު ދައުރެއް އަދާކުރެއެވެ. ގަސްގަހާގެހިން ޖައްވު ސާފުކޮށްދެއެވެ. ނޭވާލުމުގެ ނިޒާމަށް މައްސަލަތައް ކުރިމަތިކުރާ ތަޣައްޔަރު މާއްދާތައް މަދުކޮށްލަދެއެވެ. ގަސްގަހާގެހީގެ ދިފާއީ ނިޒާމު ރައްކާތެރިކުރާ މާއްދާއެއް ކަމަށްވާ "ފައިޓޮންސައިޑްސް" ގަސްގަހުން ޖައްވަށް ދޫކުރުމުގެ ސަބަބުން، ބަލިބައްޔާއި ކެންސަރާ ދެކޮޅަށް ފާހަގަކުރެވޭ މިންވަރަކަށް ހަނގުރާމަކުރުމުގެ ދައުރެއް އަދާކުރާ އިންސާނުންގެ ހަށިގަނޑުގެ ސެލްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ކަމަށް ދައްކައެވެ. މިހެންވެ، ގެއިން ބޭރުގައި ވަގުތު ހޭދަކުރުމުން އަހަރެމެންގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. ފެހި މާހައުލުތަކަށް ހުށަހެޅުމުން ލޭގެ ޕްރެޝަރު ދަށްވުމާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭކަން ހާމަވެފައިވެއެވެ.
ގުދުރަތީ މާހައުލުތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިން ކުރިމަތިވާ ބަލިތަކުން ދުރުކޮށްދޭ އެހެން މަސްދަރެއްކަން ވެސް ހާމަވެފައިވެއެވެ. އަހަރެމެންގެ ވެށީގައި ޖިސްމާނީ ހަރަކާތްތެރިކަން ކުރިއަރުވަން ފުދޭވަރަކަށް ގުދުރަތީ ޖާގަތައްވެއެވެ. ގެއިން ބޭރުގައި މަސްއޫލުވާ ހަރަކާތްތައް ކަމަށްވާ ހައިކިންނާއި ދުވުމާއި ނުވަތަ ޕާކްތަކުގައި ހިނގާލުމަކީ އުފާވެރިކަން ލިބޭ އަދި އަހަރެމެންގެ ހަށިގަނޑުގެ ހަރަކާތްތެރިކަން ދަމަހައްޓަން ފަސޭހަ ގޮތްތަކެކެވެ. ފަލަވުމާއި ޓައިޕް-2 ޑަޔަބީޓީސް ނުވަތަ ޓައިޕް-2 ހަކުރުބައްޔާއި ދިގު މުއްދަތަށް ދެމިގެންދާ އެހެނިހެން ބަލިތަކުން ސަލާމަތްވުމަށް މި ފަދަ ހަރަކާތްތަކަކީ ކޮންމެހެން މުހިންމު ކަމެއްކަން ލިބެން ހުރި ހެކިތަކުން އަންގައިދެއެވެ. މީގެ އިތުރުން، ބޭރުތެރެއަށް ނުކުތުމުން ލިބޭ އިރުގެ އައްޔަކީ ވިޓަމިން ޑީ ލިބޭ ގުދުރަތީ މަސްދަރެކެވެ. މި ވިޓަމިންއަކީ ކަށީގެ ދުޅަހެޔޮކަމާއި ދިފާއީ ނިޒާމް ހަރަކާތްކުރުވުމާއި އަދި މޫޑު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ވިޓަމިންއެކެވެ. އަހަރެމެންގެ ސިއްހަތަށް ގުދުރަތީ މާހައުލުން ލިބޭ ފައިދާތަކަށް ބެލުމުން، ސިއްހަތުގެ އެންމެ އުހަށް އެރުމަށް ގުދުރަތީ މާހައުލާ ގުޅުން ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ގުދުރަތީ މާހައުލުގެ ރީތިކަމުން ލިބޭ އިހުސާސްއަކީ އަހަރެމެންގެ ސިކުނޑިއަށް ހަމަޖެހުމުގެ އަސަރު ގެނުވައިދޭ ކަމެކެވެ. އަދި ސިކުނޑީގެ ދުޅަހެޔޮކަން ކުރިއަރުވައިދެއެވެ. ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމުން ސްޓްރެސްއާ ގުޅުން ހުރި ހޯމޯނެއް ކަމަށްވާ "ކޯޓިސޯލް"ގެ ސަބަބުން ސްޓްރެސް އާއި ހާސްވުން ނުވަތަ އެންޒައިޓީ ދަށްކޮށްދޭކަން ދިރާސާތަކުން ދައްކައިފައިވެއެވެ. ގުދުރަތީ މާހައުލުގެ ރީތިކަމާއި އޭގައިވާ ވަސްތަކުން އުފައްދައިދޭ އަމާން ވެށީގެ ސަބަބުން ސިކުނޑީގެ ވަރުބަލިކަން ދަށްކޮށްދީ، ސަމާލުކަން ދިނުމާއި ހަނދާންކުރުމާއި ކަންތައްތައް ދެނެގަތުމުގެ ސިފަ ރަނގަޅުކޮށްދެއެވެ. ގުދުރަތީ ވެށީގެ އަމާންކަމުގެ ސަބަބުން ހުރިހާ ކަމަކަށް ދެވޭ ސަމާލުކަމާއި އުފެއްދުންތެރިކަމާއި ވިސްނުންތެރިކަން ސާފުކޮށް ބެހެއްޓުމާއި ކުރިއެރުމަށް މަގުފަހިވެއެވެ.
އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ހިތްވަރު ދިނުމުގައި ގުދުރަތީ މާހައުލުން އެހެން މުހިންމު ރޯލެއް ވެސް ކުޅެއެވެ. ޕާކްތަކާއި ބަގީޗާތައް ފަދަ ޖާގަތަކަކީ މީހުން ބައްދަލުވެލައި މަޖާކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީވެދޭ ތަންތަނެވެ. އިޖުތިމާއީ ގުޅުންތަކާއި ނަފުސާނީ ދުޅަހެޔޮކަމާއި އުމުރު ދިގުވުމުގައި ގުޅުންތަކެއް ވާކަމުގެ ބާރުގަދަ ދަލީލުތައްވެއެވެ. މީގެ އިތުރުން ގުދުރަތީ ޖާގަތަކުން މުޖުތަމައުގެ ބަދަހިކަން ކުރިއެރުވުމަށް މީހުން އެއްވުމަށާއި އިޖުތިމާއީ ގުޅުންތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދެއެވެ. ތިމާވެށްޓާ ރައްޓެހިކަން އުފެދި އަދި ގުދުރަތީ މާހައުލުތައް ދެމެހެއްޓުމަށާއި ވަށާޖެހޭ ގޮތަށް ސިއްހީ ދުޅަހެޔޮކަމަށް ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުން ރޯލެއް ކުޅެއެވެ.
އަހަރެމެންގެ އުފާވެރިކަމަށް ގިނަ ރަނގަޅު އަސަރުތަކެއް ގުދުރަތީ މާހައުލުގެ ރީތިކަމުން އިހުސާކުރެވޭކަން އެއީ ދެކޮޅުހެދޭނެ ކަމެއް ނޫނެވެ. ފޮޅެމުން އަންނަ މާތަކުގެ އަލިގަދަ ކުލަތަކާއި އެ މާތަކުން ޖައްވުގެ ތެރެއަށް ދޫކޮށްލާ ތާޒާ މީރު ވަސް އަހަރެމެންގެ އިހުސާސްތަކާ ކުޅެލައެވެ. ގުދުރަތީ ވެށިން އަހަރެމެންނަށް ލިބޭ އުފާވެރިކަމުން ބިނާ ވެށިން އަހަރެމެންނަށް އިހުސާސް ކުރެވޭ ފިތިފައިވާކަމުގެ ވަރުބަލިކަން ނިމުމަކަށް ގެނެސްދެއެވެ. ގުދުރަތީ މާހައުލުގެ ބޮޑުވެގެންވާ ރީތިކަމުން ކުރެހުންތެރިންނާއި ލިޔުންތެރިންނަށް އެ މީހުންގެ ބިނާކުރަނިވި އިހުސާސްތައް ދައްކުވައިދޭން ގުދުރަތީ ތިމާވެށި އިލްހާމަކަށްވެއެވެ.
ހޮބީތަކައިގެން ކުރިއަށް ދިއުމަށް ގުދުރަތީ މާހައުލު ގިނަ ބަޔަކަށް މަސްދަރަކަށްވެއެވެ. ބަގީޗާ ހެއްދުމާއި މަސް ބޭނުމާއި އަދި ރީތި މަންޒަރުތަކުގެ ފޮޓޯ ނެގުން ފަދަ ހަރަކާތްތަކުން ގުދުރަތީ މާހައުލާއި ގުޅުން ގާއިމުކޮށް، މާނަވީ ގޮތެއްގައި ވަގުތު ހޭދަ ކުރެވޭކަމުގެ އިހުސާސް ފަރުދުންނަށް ލިއްބައިދެއެވެ. ގުދުރަތީ މާހައުލުގެ ހިމޭންކަމަކީ ނަފުސުގެ އެތެރޭގެ އަމާންކަމާއި ހަމަޖެހުން ކުރިއަރުވައިގެން ޖަޒުބާތީ ދުޅަހެޔޮކަމާއި އުފާވެރިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ފަރުވާ ލިބެމުން އަންނަކަމާއި އުފާވެރިކަން އިންސާނުންނަށް ލިބޭކަމުގެ އިހުސާސް ލިއްބައިދޭ ގިނަ އަދަދެއްގެ ގުދުރަތީ ފަރުވާތައްވެއެވެ. އެކޯތެރަޕީ ނުވަތަ ބޭރުތެރޭގައި ގުދުރަތީ މާހައުލުގައި ހަރަކާތްތެރި ކަންކަމުގައި ބައިވެރިވުމާއި ގުދުރަތީ މާހައުލުތަކުގައި ހިނގަން ދިއުމާއި އިންސާނީ ތަރައްގީ ނުފޯރާ ހިސާބުތައް ކަމަށްވާ ޖަންގަލި ފަދަ ތަންތާނގައި ހަރަކާތްތެރިވުން ފަދަ ކަންކަމަކީ ޑިޕްރެޝަން އާއި ހާސްވުން ނުވަތަ އެންޒައިޓީ ފަދަ ނަފުސާނީ ބަލިތަކުން ފަރުވާ ލިބިގަތުމަށް ގުދުރަތީ މާހައުލާ ގާތުގައި ވުމުން އިންސާނުންނަށް ލިބޭ ތެރަޕީ ނުވަތަ ނަފުސާނީ ފަރުވާތަކެވެ. ގުދުރަތީ މާހައުލުތަކުގައި ޓީމެއްގެ ގޮތުގައި އެހެން މީހުންނާއެކު ހަރަކާތްތެރިވުމާއި ކޭމްޕް ދަތުރުތައް ދިއުމުން މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބުވެ އަދި ރަނގަޅު ޖަޒުބާތުތައް ހަރުދަނާވެއެވެ.
އިންސާނާގެ ދުޅަހެޔޮކަމަށް ގުދުރަތީ ވެށިން އަދާކުރާ ދައުރަކީ ރަނގަޅަށް ހާމަވެފައިވާ ކަމެކެވެ. އޭގެ އިތުރުން "ބަޔޮފީލިއާ" ނުވަތަ ގަސްގަހާގެއްސާއި ހައިވާނުންނަށާއި ގުދުރަތީ މާހައުލަށް އޮތް ކުލުނަކީ އަހަރެމެންގެ ވެށްޓަށް އަންނަ ބަދަލުތަކާ އެއްގޮތަށް އަހަރެމެން ވެސް "އިވޯލް"ވަމުން ނުވަތަ ބަދަލުވެ ހޭނެމުން އައި ކަމެއްކަން ތާރީހުން އެނގެއެވެ. ގުދުރަތީ މާހައުލަކީ އިންސާނުންގެ ދުޅަހެޔޮކަމާއި ދިރިތިބުމަށް ކޮންމެހެން މުހިންމު ކަމެއްކަމާމެދު ޝައްކެއް ނެތެވެ. ފެހި ދަނޑުތަކާއި ނޫ ފެންގަނޑުތަކާއި އަދި އެކި ކުލަތަކުގެ ބިންތައް ހިމެނޭ ކުލަކުލައިގެ ގުދުރަތީ މާހައުލުތަކުން އަމާންކަމާއި ވަށާޖެހޭ އުފާވެރިކަން ކުރިއަރައެވެ. ބިނާވެށިތަކަށް ބަދަލުވަމުން އަންނަ މި ދުނިޔޭގައި އިންސާނުންނަށް ފަރުވާއަކަށާއި ހިތްހަމަޖެހުމެއްގެ ގޮތުގައި ގުދުރަތީ މާހައުލުގެ ނުފޫޒު ވާކަން ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ގުދުރަތީ މާހައުލާ ކައިރީގައި ހަރަކާތްތެރިވުމަކީ އަހަރެމެންގެ ޖިސްމާނީ، ނަފުސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް ވަރަށް ވެސް ބޮޑަށް މުހިންމު ކަމެކެވެ. އެހެންކަމުން ބުރަކޮށް އުޅެމުން ދިޔަސް ތާޒާ ވައިން ނޭވާލައި ފުޅާކަން ބޮޑު ގުދުރަތީ މާހައުލުން ލިއްބައިދޭ ބޮޑުވެގެންވާ ރީތިކަމުން އަހަރެމެން ފޯވެލައި އެ ކަމުން އަހަރެމެންގެ ފުރާނަ ސާފުކޮށްލައި އަދި އަހަރެމެންގެ ސިއްހަތާއި އުފާވެރިކަމާއި އުމުރުގެ ދިގުކަން ކުރިއަރުވަން ކޮންކްރީޓުގެ ބިނާވެށިން ބޭރުވެލުން އަހަރެމެން އާދައަކަށް ހަދަމާ ހެއްޔެވެ.



advertisment