Support Us

މޮނަލިސާ ބޯންސްލޭގެ ބޯކޮށައި މޭކަޕް ކުރުމަށް ފަހު މިހާރު އޭނާ ހުންނަ ސިފަ

މޮނަލިސާ ބޯންސްލޭ މޭކަޕް ކުރީމަ ފޭނުންނަށް ކަމަކުނުދިޔަ

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި މި މަހު 13 އިން އަންނަ މަހު 26 އަށް ބާއްވާ މަހަ ކުމްބު މޭލާގައި މާ ވިއްކުމުން މަޝްހޫރުކަން ހޯދި މޮނަލިސާ ބޯންސްލޭ މޭކަޕް ކުރުމުން ފޭނުންނަށް ކަމަކު ނުދިޔައެވެ.

މޮނަލިސާ އިއްޔެ ނޫން އެހަށް ދުވަހު ވަނީ އޭނާގެ 16 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. އޭނާގެ ގާތް މީހުންނާއެކު ނަގައިފައިވާ ވީޑިއޯއަށް ބައި މިލިއަން ވިއުސް ލިބިފައިވެއެވެ.

މޮނަލިސާ މަޝްހޫރުވީ 144 އަހަރު ފަހުން ބޭއްވި މަހަ ކުމްބު މޭލާގައި މާ ވިއްކަނިކޮށް ސޯސަލް މީޑިއާ އިންފުލުއެންސާއެއް ނެގި ވީޑިއޯއިންނެވެ.

މޮނަލިސާ މީހުންގެ ހިތްތަކުގައި ރަނިކަން ކުރަން ފެށީ އޭނާގެ ހިނިތުންވުން ހިތްގައިމުވުމާއި މޭކަޕް ނުކޮށް ހުރި އިރު ވެސް ސިފަ ރީތިވުމުންނެވެ.

މޮނަލިސާ ބޯންސްލޭގެ 16 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އިއްޔެ ނޫން އެހަށް ދުވަހު އޭނާ ކޭކު ފަޅަނީ

މޮނަލިސާއަށް މާބޮޑަށް ސަމާލުކަން ލިބެން ފެށުމުން އޭނާގެ ބައްޕަ ވަނީ އޭނާގެ އުފަން ސިޓީ ކަމަށްވާ އިންޑޯރަށް އަނބުރާ ފޮނުވައިލައިފައެވެ.

އިންޑޯރަށް އައުމާއެކުހެން މޮނަލިސާ ވަނީ ސިފަ ރީތިކުރަން މޭކަޕް ކުރުން ފަދަ ކަންތައްތައް ކުރަން ފަށައިފައެވެ. އޭނާގެ ބޯ ކޮށައި، އޭނާއަށް މޭކަޕް ކޮށްދޭ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާއަށް ލުމާއެކު އޭނާގެ ފޭނުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި އެ މީހުން ކޮމެންޓް ކުރަމުން ބުނީ މޮނަލިސާ ރީތީ މޭކަޕް ނުކޮށް ހުންނަ އިރު ކަމަށެވެ.

ވީޑިއޯގައި ފެންނަނީ މޮނަލިސާގެ ރީނދޫ ކުލައަކަށްދާ އެމްބާ ކުލައިގެ ލޮލުގައި އަނދުން އަޅުވާ މަންޒަރެވެ. އަދި ރަތް ކުލައިގެ ހެދުމެއް ލައިގެން އިންނަ އިރު އޭނާގެ ތުންފަތުގައި ޖައްސަނީ އަނދިރި ކުލައެއްގެ ލިޕްސްޓިކެވެ. އިތާމުތުގެ ގަހަނާ އަޅައިފައި ހުންނަ އިރު އޭނާގެ އިސްތަށިގަނޑަށް ކުޑަކޮށް ބުޅިކަމެއް ގެނެއެވެ.

"މޮނަލިސާ މޭކަޕް ނުކޮށް ހުންނަ އިރު ފެންނަ ގުދަރަތީ ރީތިކަން މާ ހިތްގައިމު،" ފޭނަކު ކޮމެންޓް ކޮށްފައިވެއެވެ.

"މޭކަޕް ކޮށްފައިވަނީ ރަނގަޅަކަށް ނޫން،" އެހެން ފޭނަކު ބުނެފައިވެއެވެ.

"އޭނާއަށް ބޭނުންވަނީ ޕްރޮފެޝަނަލްކޮށް މޭކަޕް ކުރަން ދަންނަ މީހެއް،" އަދި އެހެން ފޭނަކު ބުނެފައިވެއެވެ.

"ތިޔައީ ގުދުރަތީ ގޮތުން ރީތިކަން ލިބިފައިވާ ކުއްޖެއް،" އަދި އިތުރު ފޭނަކު ބުނެފައިވެއެވެ.

މޮނަލިސާ އަނބުރާ ގެއަށް ފޮނުވައިލަން އޭނާގެ ބައްޕަ ނިންމީ މަހަ ކުމްބު މެލާގައި މޮނަލިސާ މާ ވިއްކަމުން ދިޔަ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. އޭނާގެ ވައިރަލްވި ވީޑިއޯ އެތައް ބަޔަކު ބަލައިފައެވެ. އެ މީހުން ބޭނުންވީ މޮނަލިސާއާއެކު ސެލްފީ ނަގައިށެވެ. އެ ގޮތުން ސޯޝަލް މީޑިއާއަށް ތިލަވި ވީޑިއޯއެއްގައި ފެންނަނީ މޮނަލިސާއަށް އުނދަގޫވާ ވަރަށް މީހުން އޭނާގެ ސްޓޯލަށް ޖަމާވަމުންދިޔަ މަންޒަރެވެ. މި ކަމާ ހުރެ އޭނާގެ އާއިލާ މީހުން އޭނާގެ މޫނު ފޮރުވަން ފޮތިގަނޑެއް ވެސް އެޅިއެވެ.

މި ކަމާ ގުޅޭ ގޮތުން އިންޑިއާ ނިއުސްއިން މޮނަލިސާއާ ސުވާލުކުރުމުން އޭނާ ބުނީ މިއީ އޭނާގެ ތަގުދީރުކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *