މައްސަލަތައް އަބަދުވެސް ކުރިމަތިވާނެއެވެ. އެ ކަންތައްތައް ހައްލުކުރަމުން ހަޔާތުން އުފާ ލިބިގަންނާށެވެ.
ކުރިމަގު ކަނޑައަޅަނީ އިންސާނުންނެއް ނޫނެވެ. އަހަރެމެން ކުރިއަށް ގެންދަނީ އާދަތަކެވެ. ކުރިމަގު ބައްޓަން ވަނީ މި އާދަތަކުންނެވެ.
ހަޔާތުގައި ބާރު ފޯރުވޭނީ އެންމެ ދެ ކަމަކަށެވެ؛ އެއީ ކުރާ އަމަލުތަކާއި ކަންތައްތަކާމެދު އަހަރެމެން ދެކޭ ގޮތަށެވެ.
ކަމެއް ފަށާނީ ކިހިނަކުންތޯ ނާހާށެވެ. ފުރަތަމަ ފަށާށެވެ؛ ދެން އެ ކަންތައް ތަރައްގީ ކުރާނީ ކިހިނެތްތޯ ސުވާލުކުރާށެވެ.
ހިތްހަމަޖެހުން ލިބެނީ އުފާވެރިކަމަކުން ނޫނެވެ. ހިތްހަމަޖެހުން ލިބެނީ ކަނޑައަޅާ އަމާޒުތަކަކުންނެވެ.
ދުނިޔޭގެ ކިބައިން ގިނަ ކަންތައްތަކަށް އެދި، ތިބާގެ އަމިއްލަ ނަފުސުން ކަންތައްތަކަކަށް ނޭދޭ ނަމަ، ހަޔާތް އެއީ ބުރަ އެއްޗަކަށްވެއެވެ. ހަޔާތަށް ލުއިކަން ލިބޭނީ ތިބާގެ ނަފުސުން ގިނަ ކަންތައްތަކަށް އެދި، ދުނިޔޭގެ ކިބައިން އެދޭއެދުންތައް މަދުކުރުމުންނެވެ.
ދެބައިކުޅައެއްބައި މައްސަލަތައް މައްސަލަތަކެއް ކަމަށް ފެންނަނީ ސިކުނޑިން އެ ގޮތަށް ހީކުރުވާތީއެވެ.
ކަމަކަށް ވާސިލުވުމަށް ސިއްރު ގޮތްތަކެއް ހޯދަން ނޫޅޭށެވެ. އެ ކަމެއް ލިބިގަނެވޭނީ ތަކުރާރުކޮށް މަސައްކަތް ކޮށްގެންނެވެ.
ތިބާގެ ނަފުސު ތިނެއްޗެއްގެ ދަށު ނުވާށެވެ. އެއީ އެހެން މީހުންނާއި ފައިސާ އާއި މާޒީގައި ތަޖުރިބާ ކުރެވިފައިވާ ކަންތައްތަކެވެ.
ކޮންމެ ގޮންޖެހުމެއްގައި ނުވަތަ ހިތާމަވެރި ކަމެއްގައި ފުރުސަތެއް އެކުލެވިގެންވެއެވެ. ފުރުސަތު ހޯދުމަށް ތިބާގެ ނަފުސު ތަމްރީންކޮށްފި ނަމަ، ކުރިމަތިވި މަސްރަހު ތިބާގެ ބާރުގެ ދަށަށް ގެނެސް، ރަނގަޅު ކަމަކަށް ބަދަލުކޮށްލެވިދާނެއެވެ. މި ގޮތަށް އެ މަސްރަހު ބަދަލުނުކޮށްލެވުނަސް، އެންމެ ކުޑަ މިނުން އޭގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަމެއް ނިކުމެދާނެއެވެ.
ކޮންމެ ދުވަހަކަށް ވެސް ޝުކުރުވެރިވާށެވެ. ސަބަބަކީ، ޝުކުރުވެރިވުމުގެ ބޭނުމެއް ނެތް ކަމަށް ތިބާއަށް ހީވިޔަސް، ތިބާގެ "އާދައިގެ" ދުވަހަކީ އެހެން މީހަކު ދެކޭ ފަދަ ހުވަފެނެކެވެ.
ނޯޓު: ތަރުޖަމާއެއް



advertisment