Support Us

ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ ރަމީލާ އިސްތިޢުފާ ދެއްވައިފި

ޞިއްޙީ ޙާލުކޮޅު ހުރިގޮތުން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. ޢާއިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ރަމީލާގެ އިސްތިއުފާ ގަބޫލްފުޅު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ޑރ. ރަމީލާ ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާ ކަމަށެވެ.

"…އަދި ޑރ. ޢާއިޝަތު ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތް ތާނގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަމެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ދުޢާއަކީ ޑރ. ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި، ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމެވެ."

ޑރ. ރަމީލާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކެންސަރު ބައްޔަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް