ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހައި ހިސާބެއްގައި މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުން ހަރަކާތުގެ ރައީސުންގެ އިތުރުން ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރެވިގެންދާނެ އެވެ. އެއީ 420 މަގާމެވެ.
ވޯޓު ފޮށިތައް ބަންދުކުރާނީ މެންދުރު ދޭއްޖަހާއިރު އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރުކޮށް:
- ޖުމްލަ ވޯޓު ފޮށީގެ އަދަދު: 143
- މާލޭގައި ހުރި ވޯޓު ފޮށީގެ އަދަދު: 53
- ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު: 667
- ވޯޓުލުން ކުރިއަށްދާ ރަށްތަކުގެ އަދަދު: 91
- ވާދަކުރާ މަގާމުތަކުގެ އަދަދު: 1984
- ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ: 34،904 މެމްބަރުން



advertisment