Support Us

ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވާފައެވެ.

މި ޚިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް އެ ހޮސްޕިޓަލާ ހަވާލުކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *