Support Us

ކްރެޑިޓް ކާޑު ލިމިޓް 1,200 ޑޮލަރަށް ބޮޑުކުރަން ނިންމައިފި

ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

މިގޮތުން، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު މަތިކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދައި، އެމްއެމްއޭގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެން ބީއެމްއެލްއަށް މިކަން ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *