Support Us

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ވޭޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މިއަދު އަޅުއްވައިފި އެވެ.

ރައީސްގެ މި ނިންމެވުން އައީ ވޭޕުގެ އަވައިގައި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާން ޖީލު ޖެހި އެކަމުގެ ނުރައްކާ ބޮޑުވަމުންދާތީ ބެލެނިވެރިންނާއި މަދަނީ އެކިއެކި ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

"ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން." ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ވިދާޅުވިއެވެ.

ކޮލަމް ކެޔޮނިރު: ވޭޕް ބޭންކުރެވޭ ވަރުގެ ގަޓު، ރައީސް މުއިއްޒުގެ އެބަހުރިތޯއެވެ؟

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *