ކާރެއްތެރޭގައި ހުރި 106 ފުޅި ބަނގުރަލުގެ މައްސަލައިގައި ބަންގާޅީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މައްޗަންގޮޅި ބޮޑުފުޅައް ގޯޅިން ފުލުހުން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ދިއުމުން އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެ ކާރު ބަލައި ފާސްކުރިއިރު 106 ފުޅި ބަނގުރާ އޭގައި ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރަސުލް އުލާ ރިދޯއީ، 30، ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



advertisment