Support Us

ގެއަކަށް މީހަކު ވައްދައި ވަޅިން ބިރު ދައްކައި، އޮރިޔާންކޮށް، އަނިޔާކޮށް ފޭރުނު ތިން މީހެއްގެ މައްސަލަ ޕީ.ޖީއަށް

ގެއަކަށް މީހަކު ވައްދައި، ވަޅިން ބިރު ދައްކައި، އޮރިޔާންކޮށް، އަނިޔާކޮށް ފޭރުނު ތިން މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި އަހަރު ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި މއ. މަސްފަން، ޢާއިޝަތު، 43، އާއި މއ. މަސްފަން، މުޙައްމަދު ރީހާން، 27، އަދި ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމް، 35، ގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި މި މަހުގެ ނުވަ ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *