ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނީ މި އަހަރު ޖުލައި 19 ވަނަ ދުވަހު ޔެލޯލައިޓް ސްޓޭ ގެސްޓު ހައުސްއަށް ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ދައުވާކޮށްދިނުމަށް އެދިފައި ވަނީ ގ. އޯލްޕެރިސް، އަޙްމަދު މިހާދު، 44، އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ، 39، ގެ މައްޗަށެވެ.
އެ ދެ މީހުންނަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.



advertisment