Support Us

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ)، ރައީސް މައުމޫނާ ބައްދަލު ކުރައްވަނީ

ރައީސް މުއިއްޒުގެ "ފަންވަރުހުރި، އާދަޔާ ޚިލާފަށް ހިތްވަރުދެނިވި ތަގުރީރަށް" ރައީސް މައުމޫނުގެ ތައުރީފު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

"މިއަދު ދެއްވި ފަންވަރުހުރި އަދި އާދަޔާ ޚިލާފަށް ހިތްވަރުދެނިވި ތަގުރީރަށް މަނިކުފާނަށް ތަހުނިޔާ ދަންނަވަން. ވަރަށް ފުރިހަމަ!" ރައީސް މައުމޫން އެކްސްގައި ވިދާޅުވިއެވެ.

ރައީސް މައުމޫންގެ މި ޕޯސްޓަށް، ރައީސް މުއިއްޒުވެސް ވަނީ 45 މިނިޓް ނުވަނީސް ރައްދު ދެއްވައި، ޝުކުރު އަދާކުރައްވައިފައެވެ.

"ޝުކުރިއްޔާ މަނިކުފާން!" ރައީސް މުއިއްޒު ވަރަށް ކުރުކޮށް ވިދާޅުވިއެވެ.

މިއަދުގެ ތަގްރީރުގައި ރައީސް މުއިއްޒު ވަނީ އިސްލާމް ދީނާއި ގައުމީވަންތަކަމުގެ އެކިއެކި ބަހާތަކުގެ މައްޗަށް ވަރަށް ފުންކޮށް އަދި އެހާމެ ފަށުވިކޮށް، ޖޯޝާއެކު ވާހަކަފުޅު ދައްކަވައިފައެވެ. އެކަމަށް މީސްމީޑިއާގައި ވަރަށް ގިނަ ބަޔަކު އަންނަނީ ރައީސަށް ތައުރީފު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *