ކްލަބު މޯލްޑިވްސް ކަޕް 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ ރޭ ރެހެންދި ސުކޫލު ފުޓްސަލް ދަނޑުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލަބު މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން މެޗު ކުޅުމަށް ބޭނުންކުރާ ބޯޅަ ރެފްރީންނާ ހަވާލުކޮށްދެއްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު މެޗު ބައްލަވަލައްވައިފައެވެ. މި މެޗުގައި ބައްދަލުކުރީ ކްލަބު ވެމްކޯ އަދި ޖޯލި މޯލްޑިވްސްއެވެ. މި މެޗު ވެމްކޯ ޓީމް ކާމިޔާބުކުރީ 2- 1 ގެ ނަތީޖާއަކުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅުވި ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.



advertisment