ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު 11 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މި މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެޕްޓެންބަރު 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަގާމުން ވަކިކޮށްފައެވެ.



advertisment