އީރާނުގެ ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ އީރާނުގެ ވެރިރަށް، ތެހެރާންގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގައި އިއްޔެއެވެ.
އީރާނުގެ އައު ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އީރާނުގެ އައު ރައީސާ އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.



advertisment