Support Us

ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާ ކަމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފި

ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާ ކަމަށް އެ ކައުންސިލުން ފާސްކޮށްފިއެވެ. ކައުންސިލުން މިގޮތަށް ފާސްކޮށްފައި މިވަނީ އެ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށް އެ މަޤާމަށް ކެންޑިޑޭޓުން ކުރިމަތިލާފައި ވަނިކޮށެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް، މި އަހަރު ފެބްރުވަރީ 15 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އައު ސެކްރެޓަރީ ޖެނަރަލެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ 2:00 ގެ ކުރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގައި ހއ. އަތޮޅު ކައުންސިލުން ވަނީ ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާ ކަމަށް ބަޔާންކޮށް ސިވިލް ސާރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. އަދި އެ ސިޓީއާ ގުޅިގެން ކައުންސިލްގެ ރަސްމީ ނިންމުމެއް ފޮނުވުމަށް ކޮމިޝަނުގެ އިސް މުވައްޒަފަކު ކައުންސިލަށް ލަފާދީފައިވެއެވެ.

ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާ ކަމަށް އެ ކައުންސިލުން ފާސްކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ.

މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުން ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިޔާ އަކީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލެވެ.

ހއ. އަތޮޅު ކައުންސިލްގައި މާލީ ޒިންމާދާރު ވެރިއެއްނެތި ދައުލަތުގެ މާލިއްޔާއިން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށް އެ ކައުންސިލުން ފިލިޕީންސްއަށް މި އަހަރުގެ ޖޫން 25 އިން ޖުލައި 4 އަށް ދަތުރު ދިއުމުން ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަޙްމަދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި އަހަރަށް ދައުލަތުގެ މާލިއްޔާއިން ބްލޮކް ގްރާންޓްގެ ގޮތުގައި ހއ.އަތޮޅު ކައުންސިލަށް ހަމަޖައްސާފައިވަނީ 14 މިލިޔަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *