ތިރީގައި މިވަނީ މީހުން ބުނެފައި ހުރި ބައެއް ވާހަކަތަކެވެ.
1. ލޯބި ފެނިގެން ހެއްވާލި އެތައް ލޮލެއް، ނަސީބު އައިސް ރޮއްވާލިއެވެ.
2. މާޒީ ބަދަލެއް ނުކޮށްލެވޭނެއެވެ. ނަމަވެސް ފަހި މުސްތަގުބަލަކަށްޓަކައި ހާޒިރު ބަދަލުކޮށްލެވިދާނެއެވެ.
3. ހޭލާ ހުރުން ކަލޭ އަމިއްލައަށް އިޚްތިޔާރުކުރާ ނަމަ އެއީ ހިތްގައިމު ކަމަކަށް ވެދާނެއެވެ. ނަމަވެސް ކަލޭ ހޭލާ ހުރުމަށް މަޖުބޫރު ކުރުވާ ނަމަ އެކަމަކީ ރަނގަޅު ކަމެކޭ ނުބުނެވޭނެއެވެ.
4. ދޫނިދޫނި ވެސް ހިތާމައިގައި ޖެހުމުން، އެ އިއްވަނީ ހިތާމައި ރާގުތަކެވެ.
5. ކަލޭގެ މަގާމު މަތިވުމުން ކަލޭގެ ރަހުމަތްތެރިންނަށް ކަލޭ ފެނެއެވެ. ކަލޭގެ މަގާމުން ކަލޭ ވެއްޓުމުން ކަލެއަށް ކަލޭގެ ރަހުމަތްތެރިން ފެންނާނެއެވެ.
6. އުފާވެރިކަމުގެ އެންމެ މަތީ ދަރަޖައާއި ހިތާމަވެރިކަމުގެ އެންމެ މަތީ ދަރަޖައާ ދެމެދުގައި އެއްގޮތް އެއްކަމެއް އޮވެއެވެ. މި ދެހާލަތް ލައިގަތުމުން ލޮލުފިޔައެއް ނުޖެހެއެވެ.
7. އެންމެ އަވަހަށް ރޮވެނީ އެ މީހުންގެ ހިތުގައިވާ އެއްޗެއް ބަޔާންކޮށްދޭން ނޭނގޭ މީހުންނެވެ.