Support Us

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުން ރައީސް މުއިއްޒުގެ ތައުޒިޔާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު މިއަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސް ސޯލިހަށާއި އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރައީސް ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމުގައެވެ. ހަމަ އެއާއެކު، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވައި، ‏މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމާ ލެހެއްޓެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.


އުމުރުފުޅުން 80 އަހަރުގެ މުއުމިނާގެ 12 ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ގުރުއާން ހިތުދަސް ޙާފިޒުންނެވެ.

މުއުމިނާގެ މޫނުފުޅު ދެއްކުން އޮންނާނީ މިއަދު މެންދުރު 2:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *