Support Us

ހޮޓް ޑޯގް ކެއުމުގެ މުބާރާތުން އާދަޔާހިލާފު ވަނަތަކެއް

އެމެރިކާގައި އަހަރަކު އެއް ފަހަރު ބާއްވާ ހޮޓް ޑޯގް ކެއުމުގެ މުބާރާތުގައި އާދަޔާހިލާފު ނަތީޖާތަކެއް ދައްކައިފިއެވެ.

"ނޭތަންސް ފޭމަސް އިންޓަނޭޝަނަލް ހޮޓް ޑޯގް އީޓިންގ ކޮންޓެސްޓް"ގައި ފިރިހެން ބައިން ޕެޓްރިކް ބަރޓޮލެޓީ ވަނީ 10 މިނެޓް ތެރޭގައި 58 ހޮޓް ޑޯގް ކައިގެން އެއްވަނަ ހޯދައިފައެވެ.

އަންހެން ބައިން މިކީ ސޫޑޯ ވަނީ ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. އެ ގޮތުން މިކީ ވަނީ 51 ހޮޓް ޑޯގް ކައިގެން މި މުބާރާތުގެ ރެކޯޑެއް މުގުރައިލައިފައެވެ. މިއީ މިކީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ.

"އަންނަ އަހަރު ވެސް އަހަރެން ބައިވެރިވާނަން،" މިކީ ބުންޏެވެ.

އީ.އެސް.ޕީ.އެން ޗެނަލުން ވަގުތުން ދެއްކި މި މުބާރާތުގައި ޕެޓްރިކް މިހާތަނަށް ނުވަ ފަހަރު ބައިވެރިވެފައިވެއެވެ. މިއީ އޭނާ އެއްވަނައަށް އައި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ފާހަގަ ކުރެވުނު އަނެއް ކަމަކީ މި މުބާރާތް 16 ފަހަރު ކާމިޔާބުކޮށްފައިވާ ޖޯއި ޗެސްޓްނަޓް މި ފަހަރު ބައިވެރި ނުވާ ކަމެވެ. ސަބަބަކަށް ކުރިމަތިވީ މި މުބާރާތް ސްޕޮންސަރ ކުރާ ކުންފުންޏާ ވާދަކުރާ ބަޔަކާ އޭނާ ގުޅުނީމައެވެ.

ޖޯއި ވަނީ 2021 އަހަރުގެ މުބާރާތުގައި 10 މިނެޓް ތެރޭގައި 76 ހޮޓް ޑޯގް ކައިފައެވެ.

އޭނާއަށް މި މުބާރާތުގައި ބައިވެރި ނުވެވޭތީ އޭނާވަނީ އެމެރިކާގެ އަސްކަރީން ބޭއްވި ހޮޓް ޑޯގް ކެއުމުގެ މުބާރާތެއްގައި ބައިވެރިވެފައެވެ. އެއީ އިއްޔެ އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށާއެކުގައެވެ. މި މުބާރާތުގައި ޖޯއި ފަސް މިނެޓް ތެރޭގައި 57 ހޮޓް ޑޯގް ކައިލިއެވެ. އަނެއް ހަތަރު ސިފައިންނަށް ޖުމްލަކޮށް ކެވުނީ 49 ހޮޓް ޑޯގްއެވެ.

ޖޯއިގެ މި މުބާރާތުން ލިބުނު 106،000 ޑޮލަރު ހަދިޔާ ކުރަން ހަމަޖެހިފައިވަނީ އެމެރިކާ ސިފައިންގެ އާއިލާތަކަށެވެ.

ނޭތަންސް މުބާރާތް އިންތިޒާމުކުރާ "މޭޖާ ލީގް އީޓިންގ" ޖަމާއަތުން ބުނީ ނޭތަންސް މުބާރާތުގެ ވާދަވެރި ކުންފުންޏެއްގެ ސްޕޮންސަރުކަން ދޫކޮށްލައިފި ނަމަ ޖޯއިއަށް އަލުން ނޭތަންސް މުބާރާތުގައި ވާދަ ކުރެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް