މާލޭ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް "މާލެ ފަހި ޕްރޮގްރާމް" ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ގްރޭޓަރ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމް" އާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭނެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ.



advertisment