Support Us

މޯދީ ހުވާކުރެއްވުމުގެ ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ކެބިނެޓް ހުވާކުރެއްވުމުގެ ރަސްމީޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމީޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުއެވެ. މި ރަސްމީޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *