Support Us

މިޔަރެއްގެ ސަބަބުން މަޑިއެއް ބަނޑުބޮޑުވި ކަމަށް ބުނާ މައްސަލަ

މިއީ ތަފާތު ވާހަކައެކެވެ. އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓްގެ މަސްޓޭންކެއްގައި ގެންގުޅޭ ނަރުނަގޫމަޑިއެއް ބަނޑުބޮޑުވި ވާހަކައެވެ. "ޗާލޮޓް"ގެ ނަން ދީފައިވާ އެ މަޑި ބަނޑުބޮޑުވީ އެ ޓޭންކްގައި އުޅޭ މިޔަރެއް ގުޅުން ހިންގައިކަން ކަމަށް ބުނުމުންނެވެ. އަދި މި މައްސަލަ ފެންމަތިވީ މި މައްސަލައިގައި ހިމެނޭ މަޑި އާއެކު އެ ޓޭންކްގައި އުޅެނީ ހަމައެކަނި މިޔަރެއް ކަމަށްވެފައި އެ މަޑި އެހެން މަޑިއަކާ އެއްތަނަކަށް ނުލާތާ އަށް އަހަރު ވެފައިވާތީ ކަމަށް، އެ މަސް ޓޭންކް ބަލަހައްޓާ ފަރާތުން ބުނުމުންނެވެ.

ނަމަވެސް، އެމެރިކާގެ އޮރެގަން ސްޓޭޓްގެ ކޮމިއުނިޓީ ކޮލެޖުގެ، ޓޭންކްގައި މަސް ގެންގުޅުމުގެ އިލްމުން ތައުލީމު ހާސިލު ކުރައްވައިފައިވާ، އެ ކޮލެޖްގެ މަސް ޓޭންކްތަކާ ބެހޭ ޕްރޮގްރާމްގެ ޑައިރެކްޓަރު ލެރީ ބޯލްސް ވިދާޅުވީ މަޑިއެއް ނުވަތަ އިނގިރޭސި ބަހުން ނަމަ "ސްޓިންގް ރޭ"އެއް މިޔަރެއްގެ ފަރާތުން ދަރިމައިވުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

އެ މަޑި ގެންގުޅޭ މީހާ ހޫނުފެނަށް ވެއްޓުނު އަނެއް ސަބަބަކީ މިދިޔަ ފެބްރުއަރީ މަހު އެ މަޑި ހަތަރު ދަރިންނަށް ބަލިވެ އިންކަމަށާއި ދެ ހަފުތާގެ ތެރޭގައި ވިހާނެ ކަމަށް ބުނެފައި، އެއަށް ފަހު ދެއްކި ވާހަކައިގެ ރާގު ބަދަލުވެ، އެ މަޑިއަށް ޖެހިފައިވަނީ "ބަނޑުބޮޑުވުމުގެ ބައްޔެއް" ކަމަށް ބުނުމުންނެވެ.

އެ މަޑި ބަލަން ޒިޔާރަތް ކުރާ މީހުންގެ ފަރާތުން ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު، އެ ސޮރުގެ ލޯ މިހާރު ވަނީ ވަޅުވަދެފައި ކަމަށާއި މި ކަމުން ދޭހަވަނީ އެ ސޮރު ސިއްހީ ގޮތުން ބަލިކަށިވެފައިވާކަން ކަމަށް ވެސް ބޯލްސް ވިދާޅުވިއެވެ.

"ހައިވާނުން ގެންގުޅުން ހޮބީއެއްގެ ގޮތުގައި ކުރި ނަމަވެސް، އެ ސޮރުމެންނަށް ފަރުވާތެރިވުމަށް ހަދަންޖެހޭނެ ގޮތްތައް އެނގުމަށް ޖެހޭނީ ޕްރޮފެޝަނަލް ތަމްރީން ހޯދަން،" ބޯލްސް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން އެ މަޑި ދެކެލަން ޒިޔާރަތް ކުރާ މެހެމާނުންނަށް އެ ސޮރުގެ ފޮޓޯ އަދި ވީޑިއޯ ނެގުން ވެރިފަރާތުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ޗާލޮޓްގެ ކުރިމަގު އޮތީ ކިހިނެތްތޯ ސުވާލު ކުރަމުން އަންނަ މީޑިއާތަކަށް ވެސް އެ ސޮރުގެ ވެރިފަރާތުން މިހާރު މައުލޫމާތު ނުދޭ ކަމަށް ނޫސްވެރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *