Support Us

މޯދީގެ ޝުކުރު ރައީސް މުއިއްޒަށް

އިންޑިއާގެ ޢާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވުމާ ގުޅިގެން އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާގެ ބޮޑުވަޒީރު ޝުކުރު އަދާކުރައްވާފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ލިއުއްވި މެސެޖުގައި ދިވެހިރާއްޖެއަކީ އިންޑިއާ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިއާ ކަނޑު ހިމެނޭ ސަރަޙައްދުގެ މުހިންމު ބައިވެރިއެއްކަމުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ސޯޝަލްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޕޯސްޓާއި ގުޅިގެން އެމަނިކުފާނަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކޮށް ދޭދޭގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *