Support Us

ކާންދޭ އަތުގައި ދަތްނާޅަންވީ ހަތް ސަބަބު

ފޮޓޯއިން އެ ފެންނަނީ ބިޔަބޮޑު ގަހެއް ކަނޑާލަން މީހަކު އުޅޭ ހާލެވެ. އެންމެ ފަހުން އޭނާ ވަރުބަލިވެއްޖެވެ. އަދި އަރާމުކޮށްލުމަށް ނިދާލަން ޖެހުނީ ވެސް އެ ގަސްދޮށުގައެވެ. ހިޔާކޮޅެއް ލިބޭތީއެވެ.

ތިމާވެށީގެ ދުވަހު، މި ކަމުން އަހަރެމެންނަށް ލިބޭ ފިލާވަޅުތަކާ މެދު ވިސްނާލަމާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ބަލައިލުމުން، ހަތް ކަމެއް ފާހަގަ ކުރެވެއެވެ.

1. ކާން ދޭ އަތުގައި ދަތްނާޅާށެވެ.

2. މީހަކާ ދުޝްމިނު ވެ، އާދައިގެ ބަހުރުވައިން ބުނާ ނަމަ، އެ މީހާގެ "ދުވަސް ދުއްވާލަން" ނިޔަތް ނުގަންނާށެވެ. ފަހަރުގައި އެ މީހަކީ ތިބާއަށް މާދަމާ މުހިންމު ކަމެއް ބޭނުންވުމުން، ތިބާއަށް އެހީވާން ހުރި ހަމައެކަނި މީހާ ކަމަށް ވެދާނެއެވެ.

3. މީހަކާ ދޭތެރޭގައި ގަދަރު ކުޑަކޮށް އަމަލު ނުކުރާށެވެ. އެ މީހާއާމެދު ނަފުރަތު ވެސް ނުކުރާށެވެ. މިއަދު އެ ގޮތަށް އެ މީހާއާމެދު އަމަލު ކުރުމުގެ ކުރިން ވިސްނައިލަން ޖެހޭ ކަމަކީ މާދަމާ އެ މީހާއަކީ ތިބާއަށް އެހީތެރިވެދާނެ ހަރުފަތެއްގައި ހުންނާނެ މީހަކަށް ވެދާނެކަމެވެ.

4. ދުލުން ބަސް ދޫކޮށްލުމުގެ ކުރިން، ނުވަތަ އަމަލެއް އިސް ކުރުމުގެ ކުރިން، ރަނގަޅަށް އެ ކަމަކާމެދު ވިސްނައިލައި، ފިކުރު ހިންގައިލާށެވެ.

5. މީހެއްގެ "ދުވަސް ދުއްވާލުމުގެ" ކުރިން ނުވަތަ އެ މީހެއްގެ އަބުރު ކަތިލުމުގެ ކުރިން، ތިބާއަށް އެ މީހާ ކޮށްދީފައިވާ ކިތައްމެ ކުޑަ ކަމަކާމެދު ނަމަވެސް ވިސްނުން ބުއްދިވެރިއެވެ.

6. ތިބާއަށް މިހާރު އެ މީހަކު އޭނާގެ ނުރަނގަޅު ފަރާތް ދެއްކި ނަމަވެސް، އެއް އިރެއްގައި ތިބާއަށް އެ މީހާގެ ހެޔޮ ފަރާތް ދައްކައިފައިވާ ނަމަ، އެ މީހަކަށް ރަހުމް ކުރާށެވެ.

7. އެއްވެސް އިންސާނަކީ ބޭކާރު މީހެއް ކަމަށް ދުވަހެއްގައި ވެސް ނުދެކޭށެވެ.

ގަސް ކަނޑަން އުޅޭ މީހާގެ ފަރާތުން އަހަރެމެންނަށް ލިބެނީ މި ފިލާވަޅުތަކެވެ. އެއީ ރަނގަޅު ވިސްނުމެއް ގެންގުޅުމާއި، ރަނގަޅު އަމަލުތައް ކުރުމާއި، އަދި ރަނގަޅު ކަންތައްތަކަށް އެދުމެވެ. އަހަރެމެންނަށް މި ލިބޭ ފިލާވަޅުތަކަކީ ޝުކުރުވެރިވުމާއި، ކެތްތެރިވުމާއި، ހަމްދަރުދީވުމާއި، އިންސާފުވެރިވުމާއި، އަފޫ ކުރުމާއި އަދި އެހެން މީހުންގައި ހުރި އަގު، އެ އަގު ކުރަން ދަތުމެވެ. މި އުސޫލުތައް އަހަރެމެން ނަގަހައްޓައިފި ނަމަ، ރަހްމަތްތެރި އަދި އެހީތެރިވެދޭ މާހައުލެއް އަހަރެމެންނަށާއި އަހަރެމެންގެ ވަށައިގެންވާ މީހުންނަށް ލިއްބައިދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *