Support Us

ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމުމުން ރައީސްގެ މަރުހަބާ

ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް 77 ވަނަ ވަރލްޑް ހެލްތު އެސެންބްލީން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވީ ސޯޝަލް މީޑިޔާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޕޯސްޓުގައި ޕަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ލިބިދިނުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފަލަސްޠީނުގެ ހައްޤުތަކާއި ދައުރު އިތުރަށް ފުޅާކުރުމަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ވޯޓުދިން 101 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވިއެވެ. އަދި މިއީ ޕަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

‎މީގެ އިތުރުން ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ކުރާކަމެއްކަމަށާއި، އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމުކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *