Support Us

ވެސްޓް ލަންޑަން ޔުނިވަރސިޓީގެ ޕްރޮގްރާމްތައް އެވިޑު ކޮލެޖުގައި އިފްތިތާޙު ކޮށްދެއްވައިފި

ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑް ކޮލެޖުން ކިޔަވައިދޭން ފެށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިފްތިތާހުކޮށް ދެއްވައިފިއެވެ.

އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑްގައި ފެށިގެން ދިއުމަކީ "ރާއްޖޭގައި މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދިޔަ ރަނުގެ ފުރުޞަތެއް" ކަމަށެވެ. އަދި އެވިޑް ކޮލެޖުން ރާއްޖޭގެ ތަޢުލީމަށް ކުރަމުން ގެންދާ ޚިދުމަތް ފާހަގަކުރައްވައި، ފާހަގަކުރެވޭ އެތައް ދަރިންނެއް މަސައްކަތުގެ މައިދާނަށް އެ ކޮލެޖުން ނެރެދީފި ކަމަށް ވިދާޅުވެ އެވިޑު ކޮލެޖަށް ވަޒީރު ތައުރީފުކުރެއްވިއެވެ.

އެވިޑުން ބުނީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ކޯސްތައް އެތަނުން ހިންގަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެވިޑް ކޮލެޖުން ދެމުންގެންދާ ހިދުމަތް ފުޅާކުރުމާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުން އެ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި އުކުޅުތައް ދަސްވުމުގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ލައިބްރަރީއަށް އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކްސެސް ލިބިގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޢެވިޑުގައި ކިޔަވައިދޭ ލެކުޗަރައިންނަށް މުސާރަ ނުދީ ޢަމިއްލަ އެކައުންޓަށް ހުރިހާ ލާރިއެއް ޖަމާކޮށްގެން ހިންގާތަނެއް ތި އެވިޑަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *