Support Us

ސިޑްސްގެ ރިޔާސަތު ރައީސް މުޢިއްޒު ބަލަހައްޓަވައިދެއްވައިފި

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަލަހައްޓަވައިދެއްވައިފިއެވެ. މި ކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ބެލެހެއްޓެވީ އިއްޔެ މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ.

‎"ޗާޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ"ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ހެނދުނު ކުރިއަށް ދިޔަ، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

‎މި މަހާސިންތާގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ ޢަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވައި، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *