Support Us

ތަސްވީރުގެ ހަގީގަތް: ބައްޕަ ޖަލުން ސަލާމަތްވި އާދަޔާ ހިލާފު ހާދިސާ

ފޮޓޯގައި އެވަނީ "ރޯމަން ޗެރިޓީ"ގެ ނަމުން މަޝްހޫރުވެފައިވާ ކުރެހުމެކެވެ. މިއީ 1630 ވަނަ އަހަރު ޖަރުމަނީގެ ސީގަން ސަހަރަށް އުފަން ޕީޓަރ ޕޯލް ރުބަންސް ތެޔޮ ކުލައިން ކުރަހައިފައިވާ ކުރެހުމެކެވެ.

ރަޝިޔާގެ ސަހަރެއް ކަމަށްވާ ސެއިންޓް ޕީޓަރސްބާގްގެ ހާމިޓެޖް ދާރުލްއާސާރުގައި މިހާރު ބަހައްޓައިފައިވާ މި ކުރެހުމުގައި ވަނީ އާދަޔާ ހިލާފު ހަގީގީ ހާދިސާއެކެވެ.

އަގުކުރަން ބަލާއިރު 30 މިލިއަން ޔޫރޯއަށް ވިކިފައިވާ މި ކުރެހުމުގައި ފެންނަނީ ޒުވާން އަންހެނަކު، ޖަލަށް ލައިފައިވާ މުސްކުޅި ފިރިހެނަކަށް ގާތުން ދޭ ތަނެވެ. ޕެރޮ ނަމަކަށް ކިޔާ މި އަންހެން މީހާ އުރައިގެން އެ ހުންނަނީ އޭނާގެ ތުއްތު ދަރިފުޅެވެ. މިހެންވެ ތުއްތު ދަރިފުޅަށް ގާތުން ދީފައި އިތުރަށް ސީމޮން ކިޔާ މި ފިރިހެން މީހާއަށް ވެސް ގާތުން ދެނީއެވެ.

އާދަޔާ ހިލާފު މި ތާރީހީ ހާދިސާއަށް ބަލާއިރު މި މުސްކުޅި ފިރިހެން މީހާއަކީ މި އަންހެން މީހާގެ ބައްޕައެވެ. އޭނާ ޖަލަށްލީ ފްރާންސްގެ ރަސްގެފާނު ލުއިސް ސާދަވަނައިގެ ދައުރުގައި ޕާނެއް ވަގަށް ނަގައިގެންނެވެ. މި ކަމުގެ އަދަބެއްގެ ގޮތުން ފްރާންސްގެ ފަނޑިޔާރުގެއިން ނިންމީ އޭނާ ޖަލުގައި ބަހައްޓައިގެން ބަނޑަށްޖައްސައި މަރައިލުމަށެވެ.

ޕެރޮއަކީ ސީމޮންގެ ހަމައެކަނި އަންހެން ދަރިފުޅެވެ. އަދި ސީމޮންއަށް ޒިޔާރަތްކުރަން ހުއްދަ އޮންނަނީ ވެސް ޕެރޮއަށް އެކަންޏެވެ. އަދި ޖަލު ބަލަހައްޓާ މީހުން ޕެރޮގެ ހަށިގަނޑު ޗެކު ކުރާތީ ވަގަށް ކާއެއްޗެހި ވައްދައިގެން ސީމޮންއަށް ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތެވެ.

ޕެރޮ ކުރާކަމަކީ ގާތުން ދަރިފުޅަށް ދީފައި، ސީމޮންއަށް ޒިޔާރަތް ކުރާއިރު، ސީމޮންއަށް ވެސް ގާތުން ދެނީއެވެ. މި ގޮތަށް ހަތަރު މަސް ވީއިރު ވެސް ސީމޮންގެ ހަށިގަނޑުގެ ބަރުދަން އެއްވެސް ވަރަކަށް ލުއިނުވާކަން ޖަލު ބަލަހައްޓާ މީހުންނަށް ފާހަގަ ކުރެވުނެވެ. މިހެންވެ އެ މީހުން ނިންމީ ޕެރޮއަށް ޖާސޫސްކޮށް، މި ކަމުގެ ހަގީގަތް ހޯދާށެވެ.

ޖަލު ބަލަހައްޓާ މީހުންނަށް ލިބުނީ ސިހުމެކެވެ. ސަބަބަކީ ޕެރޮ އޭނާގެ ބައްޕަ ސީމޮންއަށް ކޮންމެ ޒިޔާރަތެއްގައި ގާތުން ދޭތީއެވެ. މި ވާހަކަ ފަނޑިޔާރުންނަށް ހަބަރުކުރުމުން ފަނޑިޔާރުންނަށް ވަރަށް އަސަރުކުރިއެވެ. އަންހެނަކު އޭނާގެ ބައްޕަ ދެކެ ވާ ފުން ލޯބި ތަސައްވަރު ކުރެވިފައެވެ.

މި ކަމާ ގުޅިގެން ފަނޑިޔާރުން ސީމޮން ވަގުތުން ޖަލުން މިނިވަން ކުރިއެވެ.

މި ކުރެހުމުގައި ދައްކައިދެނީ މި ހަގީގީ ހާދިސާގެ ވާހަކައެވެ. ބައްޕަގެ ފުރާނައަށްޓަކައި އަންހެން ދަރިއަކު، އަމިއްލަ ހަށިގަނޑާއި ފުރާނައިން ވީ ގުރުބާނީއެއް ތަސައްވަރު ކޮށްދޭން މިއަށްވުރެ ރަނގަޅު ހާދިސާއެއް އޮންނާނެ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *