Support Us

އުމުރުގެ ކުރީކޮޅު ކައިވެނިކުރުމުގެ 8 ފައިދާ އެނގޭތަ؟

ގިނަ ފިރިހެނުން ކައިވެނި ކުރަން ބޭނުންވަނީ ކެރިއަރ ނުވަތަ މަސައްކަތު ދާއިރާއެއްގައި ރަނގަޅަށް ފައިހިއްޕާލައިފައެވެ. ނަމަވެސް މި ނިންމުން ބަދަލު ކުރުމުން ފައިދާތަކެއް ވެސް ލިބޭ ކަމަށް ފެނެއެވެ. ތިރީގައި މި ވަނީ އުމުރުގެ ކުރީކޮޅު ޒަވާޖީ ހަޔާތެއް ފެށުމުގެ 8 އެޑްވާންޓޭޖެވެ:

1. އެކަކު އަނެކަކަށް ދަސްވުން:

އުމުރުން 20 އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު ހުންނާނީ ރަނގަޅަށް ދެ މީހުން ދެ މީހުންނަށް ދަސްވެފައެވެ. ބައިވެރިޔާގެ މާޒީގެ ކަންތައްތައް އެނގުމުން ތިބާގެ މާޒީ ވެސް ތިބާގެ ބައިވެރިޔާގެ މާޒީ އާ އެއްހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2. ބޭނުން ތަނަކަށް ދަތުރުކޮށްލެވުން:

މިއީ އުމުރުން 20 އަހަރުގެ ދުވަސްތައް ހަޔާތަށް ޖާދޫއެއް ކަހަލަ ޖަޒުބާތުތައް ގެނެސްދޭ ދުވަސްވަރެވެ. މިހެންވެ އަނބިމީހާއެކު ބޭނުން ތަނަކަށް ގޮސްލައި، ބޭނުން ކަމެއް ކޮށްލުމުގެ ނަސީބު ލިބެއެވެ.

3. ޖިންސީ ހަޔާތް:

ޖިންސީ ކަންކަމަކީ ކޮންމެ ފިރިހެނަކާއި އަންހެނެއްގެ ވެސް އަސާސީ ސިފައެކެވެ. އަދި ޖިންސީ ގޮތުން މީހުންގެ ސިއްހަތަށް އެންމެ ފައިދާ ކުރަނީ ވެސް ޒުވާން ދުވަސްވަރުއެވެ. އުމުރުން ދުވަސްވެ މުސްކުޅިވާން ފެށުމުން ޖިންސީ ހަޔާތް ވެސް ނެތެމުންދެއެވެ. މިހެންވެ އުމުރުން 30 ގެ އަހަރުތަކަށް އެޅުމުގެ ކުރިން ނުވަތަ އުމުރުން 20 ގެ އަހަރުތަކުގައި ޖިންސީ ކަންތައްތައް ހަށިގަނޑުގެ އެދުންތަކާ އެއްގޮތަށް މާ ފުރިހަމައަށް ލިބޭނެއެވެ.

4. "ޕަރފެކްޓް" ކައިވެންޏަކަށް ވަކި ވަގުތެއް ނޯވޭ:

ހައިރާން ވާންޖެހޭ ކަމަކީ ބައެއް މީހުން އެ މީހުން ކައިވެންޏަށް ތައްޔާރު ނޫން ކަމަށް ބުނާތީއެވެ. ރަނގަޅު ހަޔާތުގެ ބައިވެރިއަކަށް ކަމުދާ ކަހަލަ މީހަކާ ލޯބީގެ ގޮތުން ގުޅުމުން ނަމަވެސް މެއެވެ. ކައިވެންޏަކަށް "ޕަރފެކްޓް" ނުވަތަ އެންމެ ރަނގަޅު ވަގުތެއް ނާންނާނެއެވެ. ތިބާގެ އުމުރުން 40 ގެ އަހަރުތައް ގުނަން ފަށާއިރު ވެސް އެންމެ ފަހުން ޖެހޭނީ ހަމަ ކައިވެނީގެ މަރުހަލާތައް ކަޑައްތު ކުރާށެވެ.

5. އާއިލާ ރާވާލުމަށް ލިބޭ ފުރުސަތު:

ގިނަ ބަޔަކު ދެކޭ ގޮތުގައި އަވަހަށް ކައިވެނި ކުރުމުން ބަރުދާސްތު ނުކުރެވޭ ޒިންމާތަކެއް ބޮލުގައި އެޅެއެވެ. ނަމަވެސް މިހެން ވިސްނެނީ ހަގީގަތުގައި ބައެއް ކަންތައްތަކުގެ ރަނގަޅު ސިފައަށް ނުބަލާތީއެވެ. މިސާލަކަށް، އުމުރުން 28 ގައި ދަރިއެއް ލިބިއްޖެ ނަމަ އެ ކުއްޖާއަށާއި އެ ކުއްޖާގެ ރަހްމަތްތެރިންނަށް ތިބާ ވާނީ "ކޫލް" ނުވަތަ "ސަޅި" މަންމައަކަށް ނުވަތަ ބައްޕައަކަށެވެ. މިއީ ދަރިފުޅަށް ލިބޭ ވަރަށް ބޮޑު ނަފުސާނީ ހިތްހަމަޖެހުމެކެވެ. އެ ގޮތުން ދަރިފުޅު ބޮޑުވަމުން އަންނައިރު އެ ދަރިފުޅުގެ "ރަހްމަތްތެރިއަކަށް" ވެސް ތިބާއަށް ވެވިދާނެއެވެ. ދަތުރު ކުރުމާއި ތަފާތު ކަންތައްތައް ކޮށްލުމުގައި އެކުވެރިއެއްގެ ދައުރު ވެސް އަދާކުރެވިދާނެއެވެ. އެހެން ނޫނީ ފައިގައި ރިއްސުން ކަހަލަ އުމުރުން މައްޗަށް ދިޔައިމަ ދިމާވާ މައްސަލަތަކުން މި ފަދަ ފޮނިކަމުން ތިބާގެ މުސްކުޅި އުމުރުގައި މަހްރޫމް ވާނެއެވެ.

6. ޒިންމާދާރުކަން އިތުރުވުން:

ކައިވެންޏެއްކޮށް ޒަވާޖީ ހަޔާތެއް ފެށުމަކީ ކަންތައްތަކާމެދު ޒިންމާދާރުވާން ދަސްވާ ކަމެކެވެ. ޒުވާން އުމުރުގައި މުހިންމު ނިންމުންތަކާއި ގޮންޖެހުންތަކަށް ކުރިމަތިލުމުން މުސްކުޅި އުމުރުގައި ތިބާ ވާނީ މި ފަދަ ކަންތައްތަކަށް ހޭނިފައިވާ މީހަކަށެވެ. ސަބަބަކީ ޒުވާން އުމުރުގައި ތިބާ އެ ފަދަ ކަންތައްތައް ތަޖުރިބާ ކޮށްފައި ވާތީއެވެ. ޒުވާން އުމުރުގައި ކައިވެނި ކުރުމުން ތިބާއަށް ލިބޭނެ އިތުރު ފައިދާއަކީ ތިބާގެ އާއިލާގެ މެންބަރުންނާ ދެމެދު އުމުރުގެ ގޮތުން ފަރަގު މާ ބޮޑު ނުވުމެވެ.

7. އިދިކޮޅު ޖިންސުގެ މީހުންނަށް ހިތްކިޔުން:

މި ކަން އެންމެ ބޮޑަށް ފާހަގަކުރެވޭ އުމުރަކީ 20 އަހަރުގެ ދުވަސްތަކެވެ. ޒުވާން އުމުރުގައި ކައިވެނި ކުރުމުން މި ކަމަށް ހައްލެއް ލިބި، ކެރިއަރ އަށާއި މަސައްކަތަށް ސިކުނޑި ފުރޮޅާލަން މާ ފަސޭހަވާނެއެވެ. މީގެ އިތުރުން އިސްލާމް ދީނުގައި ވެސް ކައިވެނި ކުރުމަށް ބާރުއަޅާކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ ޖިންސީ އެދުންވެރިކަމާ ހުރެ ނުބައި މަގަކަށް ތިބާ ކައްސާލަފާނެތީއެވެ.

8. އިތުރު ކައިވެންޏެއް ކުރުމުގެ ފުރުސަތު:

ކައިވެންޏެއް ދާއިމަށް ދެމިނުއޮތުމަކީ ވެސް ވެދާނެ ގޮތެކެވެ. އެއްވެސް ކައިވެންޏަކީ އެންމެ ފުރިހަމަ ކައިވެންޏަކަށް ނުވެދާނެއެވެ. ސަބަބަކީ ޒަވާޖީ ހަޔާތަކީ ވެސް އެންމެ ޕަރފެކްޓް ދިރިއުޅުމަކަށް ނުވެދާނެތީއެވެ. މިހެންވެ، ތިބާގެ އަލަތު ކައިވެނި ރޫޅިއްޖެ ނަމަ، އެހެން ކައިވެންޏެއްކޮށް، ދެން ކުރާ ކައިވެނި މާ ރަނގަޅު މިސްރާބެއްގައި ކުރިއަށް ގެންދެވިދާނެއެވެ. ރޫޅުނު ކައިވެނިން ލިބުނު ފިލާވަޅުތައް އަންދާޒާ ކޮށްލައިފައެވެ. އަދި މިހެންވުމުން، ހަމަ ޒުވާން އުމުރުގައި އެހެން ކައިވެންޏެއް ކުރުމަށް ވެސް ފުރުސަތު ލިބޭނެއެވެ.

މި އަށް ސަބަބަށްޓަކައި ތިބާ އުމުރުން 20 ގެ އަހަރުތަކުގައި ކައިވެނި ކުރުމުން ތިބާގެ ޒަވާޖީ ހަޔާތް ކާމިޔާބު ކަމާއެކު ދިރިއުޅުމަށް މާ ބޮޑަށް ވެސް މަގުފަހިވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *