ފަހު ދިހަޔާއި އީދު ބަންދަށްފަހު، އަންނަ އާދިއްތަ ދުވަހު ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނެއެވެ. ނަމަވެސް ހަ ރޯދަ ތެރޭގައި އޮފީހަށް ނުކުންނަންޖެހޭނީ ރޯމަ މަހު ވެސް ނުކުތް ގަޑީގައެވެ.
ރައީސް އޮފީހުން ހަމަޖައްސައިފައިވާ ގޮތުގައި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމުން، އީދު ބަންދާއެކު، އެޕްރީލް މަހުގެ ފުރަތަމަ 13 ދުވަސް އެކުގައި ބަންދުވާނެ އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.