Support Us

އިސްލާމީ ވުޒާރާއިން "ޢީދޭ އައީ" މަދަހަ އަލްބަމް ނެރެފި

ފިޠުރު ޢީދާ ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން "ޢީދޭ އައީ" މަދަހަ އަލްބަމް ނެރެފިއެވެ. ފަސް މަދަހައިގެ މި އަލްބަމް ނެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، މަދަހަ އަލްބަމެއް އެ ވުޒާރާއިން ނެރުމުގެ މަޤްސަދަކީ މި މުނާސަބު ދުވަހުގައި ބޭނުންކުރުން ކަމަށެވެ. އަދި ވީހާވެސްް ގިނަ ބޭފުޅުން މި މަދަހަތައް އަޑުއައްސަވައި ބޭނުން ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

މި މަދަހަ އަލްބަމްގައި ކުރީގެ މަދަހަތަކާއި ފަހުގެ މަދަހަތައް ހިމެނެނެއެވެ. އަދި މި އަލްބަމްގެ މަދަހަތައް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

މިއަދު ޢީދު ނަމާދަށް ފަހު ނެރުނު މަދަހަ އަލްބަމްގައި ހިމެނޭ ބައެއް މަދަހަތަކަކީ "ޢީދޭ އައީ"، "ޢީދު އައީ ހިނިތުންވަމުން", "ޢީދު މުބާރަކް"، "ބަރަކާތްތެރި ޢީދުގެ ސަލާމް" އަދި "ތަހުނިޔާ ދޭށޭ ކިޔާ" ފަދަ މަދަހަތައް ހިމަނައިފައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޢީދު ފާހަގަކުރަމުންދާއިރު، މި ވުޒާރާއިން މިވަނީ ޢީދާ ގުޅޭ މަދަހަތަކެއް އާންމުންނަށް އަޑުއަހާލެވޭގެ ގޮތަށް ގެނެސްދީފައެވެ." އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބަޔާނެއްގައިވެއެވެ.

ޢީދު މަދަހަ އަލްބަމް: "ޢީދޭ އައީ"

ޑައުންލޯޑް ކުރައްވާ

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *