Support Us

މިއަދުވެސް މާލޭގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން

މިއަދުވެސް މާލޭގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރުކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ހަމަޖައްސައިފިއެވެ. މިއީ ޒުވާން ހަތީބުން މާލޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރާ ތިން ވަނަ ހުކުރެވެ.

މިގޮތުން "ކާމިޔާބީތަކެއްގެ މައްސަރު" މި މައުލޫއަށް ޒުވާން ޚަތީބުން މިއަދު ހުތުބާ ކިޔާނީ މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) އާއި މަސްޖިދުލް ސުލްތާނު މުހައްމަދު އިމާދުއްދީނާއި ވިލިމާލެ، މަސްޖިދުލް އިޚުލާސް އާއި ހުޅުމާލެ، މަސްޖިދު މުހައްމަދުގައެވެ.

އިމާމުވެ ހުކުރުކުރާ ޒުވާން ޚަތީބުން 

  1. މުހައްމަދު ނަޒާން ނިހާދު (ކ. ހިންމަފުށި)- މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) ގައި
  2. މުހައްމަދު ވިއާމް ލަތީފު- މަސްޖިދުލް ސުލްތާނު މުހައްމަދު އިމާދުއްދީންގައި
  3. އަފްލާހު އިސްމާއިލް ރަޝީދު- ވިލިމާލެ، މަސްޖިދުލް އިޚުލާސްގައި
  4. މުހައްމަދު ޝަޔާން ޝިޒާން- ހުޅުމާލެ، މަސްޖިދު މުހައްމަދުގައި

ޒުވާން ޚަތީބުން އިމާމުވެ ހުކުރުކުރުން ރާއްޖެއަށް ތައާރަފު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، އިސްލާމީ ވަހުދަތު ފުޅާކޮށް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު، މި ރަމަޟާން މަހުއެވެ.

ޒުވާން ޚަތީބުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ކަމާ ބެހޭ ތަމްރީނުތައް ހެދުމަށްފަހުގައެވެ.

ފާއިތުވި ދެ ހަފުތާގައި، ޒުވާން ޚަތީބުންގެ ހުތުބާ ކިޔެވުމަށާއި ނަމާދުކުރުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރުމުގެ އިތުރުން، ވަރަށް ޅަ ހާފިޒުން، މާލެ އާއި ރާއްޖޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދުވެސް އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *