ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެޗް.ޑީ.ސީން ބުނީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އާއެކު ވީ އެއްބަސްވުމުގެ ދަށުން ފޭސް ތިނެއްގެ ކަރަންޓު ނެޓްވޯކް ގާއިމުކުރުމާއި ފައިބަރ އޮޕްޓިކް ނެޓްވޯކެއް އެޅުމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީކުރުން ވެސް ހިމެނޭ ކަމަށެވެ.
މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ އެމް.ޑީ އެވެ.