Support Us

ޙޫސީން މައިތިރިކުރުމަށް ޗައިނާއިން އީރާނަށް ފިއްތުންތަކެއް

ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުދުތަކަށް ޔަމަނުގެ ޙޫސީންގެ އަންޞާރުﷲ ޖަމާޢަތުން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް ޓަކައި އީރާނުން ޙޫސީންނަށް ފިއްތުންތަކެއް ފިއްތުމަށް ޗައިނާއިން އީރާނުގެ ކިބައިން އެދިއްޖެއެވެ.

ރޮއެޓަރޒުން މި ޚަބަރު ފެތުރީ އީރާނުގެ ހަތަރު މީޑިއާއަކާ ޙަވާލާދީގެންނެވެ. ޗައިނާގެ މަސްއޫލުވެރިން އިންޒާރުކުރައްވާ ގޮތުގައި އީރާނުން ފިޔަވަޅު ނާޅައިފިނަމަ ޗައިނާ- އީރާން ވިޔަފަރީގެ ގުޅުންތަކަށް ގެއްލުމެއް ލިބިދާނެއެވެ.

އީރާނުގެ މަޞްދަރުތަކާ ޙަވާލާދީ ރޮއެޓަރޒް ބުނިގޮތުގައި މި ޙަމަލަތަކާއި ޗައިނާގެ ވިޔަފާރީގެ ގުޅުންތަކާ ބެހޭގޮތުން އެތައް ބައްދަލުވުންތަކެއް ވަނީ ބޭއްވިފައެވެ. އެހެނަސް މި ބައްދަލުވުންތައް ބޭއްވުނުތަނަކާއި މިބައްދަލުވުންތައް ބެއްވުނު ފެންވަރާ ބެހޭގޮތުން ރޮއެޓަރޒްގެ ޚަބަރުގައި އެއްޗެއް ބުނެފައެވް ނުވެއެވެ. 

އީރާނުގެ މަސްއޫލުވެރިއަކު ނަން ހާމަނުކުރުމަށް ޝަރްޠު ކުރައްވާ ވިދާޅުވިގޮތުގައި ބޭޖިންގާއި ޠަހަރާނުގައި ބޭއްވުނު ބައްދަލުވުންތަކުގައި ޗައިނާއިން ވަނީ އީރާނަށް އިންޒާރެއްވެސް ދީފައެވެ. ޗައިނާ ބުނާގޮތުގައި ރަތްކަނޑުގައި ދަތުރުކުރާ ޗައިނާގެ އުޅަނދަކަށް ގެއްލުމެއް ލިބިއްޖެނަމަ އީރާނާއެކު އޮންނަ ގުޅުމަށް ނުބައި އަސަރުތަކެއް ކުރާނެއެވެ. އެހެންކަމުން ޙޫސީން ކޮންޓްރޯލްކުރުމަށް ޗައިނާއިން އީރާނަށް ގޮވައިލިއެވެ.

އެހެނަސް ރޮއެޓަރޒް ބުނާގޮތުގައި މި ގުޅުމަށް ލިބޭނީ ކޮން ކަހަލަ ގެއްލުންތަކެއް ކަމެއް ޗައިނާއަކުން ނުބުނެއެވެ.

އީރާނަށް ޗައިނާ މުހިއްމު ފަރާތަކަށް ވިޔަސް ޙޫސީންނަށް ވާގިވެރިވާ އީރާނުގެ އޭޖެންޓުންތަކެއް ޣައްޒާއާއި ލުބްނާނާއި ސޫރިޔާއާއި ޢިތާޤުގައި އެބަ ތިއްބެވެ. ޤަރާރުތައް ނިންމަނީ މި ހުރިހާ ފަރާތްތަކެއް ގުޅިގެންނެވެ. އީރާނުން އެކަންޏެއް ނޫނެވެ.

ޙުސީންގެ އަންޞާރުﷲ ޖަމާޢަތުގެ ޒަޢީމު ޢަބްދުލްމަލިކުލް ޙޫޘީ  ވިދާޅުވާގޮތުގައި ރަތްކަނޑުގެ ޙަރަކާތްތައް ހުއްޓޭނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް އެތެރެކުރެވެން ފެށީމައެވެ. އޭނާ ވިދާޅުވިއެވެ. "ރަތްކަނޑުގެ ޙަމަލާތަކަކީ ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ ގުޅިފައިވާ ކަމެކެވެ. އެއީ އެމެރިކާއިން ބުނާގޮތަށް އެކަހެރި ޢަމަލެއް ނޫނެވެ. ޞިހްޔޫނީންގެ ޖަރީމާތައް ހުއްޓައިލުމުން ރަތްކަނޑަށް ވެސް ހަމަހިމޭންކަން އަންނާނެއެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ހޫސީން މިހާތަނަށް ބޭނުންކޮށްފައި ވަނީ "200 ޑްރޯނާއި ބެލިސްޓިކް 50 ރޮކެޓެވެ. މިއީ ފަލަސްޠީނީންނަށް ވާގިވެރިވުމަށް ޓަކައި ކުރާ މަސައްކަތެކެވެ. އިތުރު އެހެން މަޤްޞަދެއް ނެތެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *