Support Us

އިސްރާއީލުގެ މައްޗަށް އުފުލައިފައިވާ ނަސްލުހޭދުގެ ދަޢުވާއަށް ވަކީލަކު ހޯދައިފި

 ޣައްޒާގައި އިސްރާއީލުން ކުރާ ހަނގުރާމައަކީ ފަލަސްޠީނުގެ ނަސްލު މުޅިން ނައްތާލައި ފުހެލުމަށް ކުރާ ހަނގުރާމައެއް ކަމަށް ދެކުނު އެފްރިކާއިން ތުހްމަތުކޮށް ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅި ދަޢުވާއަށް ރައްދުދީ އިސްރާއީލު ދިފާޢުކުރުމަށް ޓަކައި އިސްރާއީލުން އިނގިރޭސިވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފިކަމަށް އިސްރާއީލުގެ ދުވަހު ހާ އާރްޓިސް ބުނެފިއެވެ.

އިސްރާއީލުން މި މަސައްކަތް ޙަވާލު ކުރީ އިނގިރޭސިވިލާތުގެ ޕްރޮފެސަރެއްކަމުގައިވާ މެލްކަމް ޝޯއާއެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ މައިދާނުގައި މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އިސްރާއީލުން އޭނާއާ މި މަސައްކަތް ޙަވާލުކުރީ އިއްޔެ އެވެ. 

ޝޯއަކީ ސަރަޙައްދަކީ އަރާރުންތަކުގައްޔާއި ކަނޑާބެހޭ ޤާނޫނާއި އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ނިޔާވެރިކަމުގެ މައިދާނުގައި ޤާނޫނީ މަޝްވަރާއާއި ލަފާދެއްވާ ދުނިޔޭގައި މަޝްހޫރު ޤާނޫނީ އުސްތާޒެކެވެ. 

ބައިނަލްއަޤްވާމީ ކޯޓު ބުނާގޮތުގައި ދެކުނު އެފްރިކާއިން ވަނީ ޣައްޒާގައި އިސްރާއިލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމަތަކަކީ ނަސްލުހޭދުގެ ޖަރީމާތަކެއް ކަމަށް ބުނެ އެ ކަންކަން ހުއްޓުވުމަށް ކޯޓަށް ހުށައަޅައިފައެވެ. 

ފަލަސްޠީނާއި ޕާކިސްތާނާއި މެލޭޝިޔާއާއި ޤަޠަރާއި ޢުމާން ފަދަ އިސްލާމީ ޢަރަބި ޤައުމުތަކުން ދަނީ މި ކަމުގައި ދެކުނު އެފްރިކާއަށް ތާއީދުކޮށް ދެކުނު އެފްރިކާއަށް ވާގިވެރިވާނެކަން އަންގަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *