Support Us

ނަސްލުހޭދުއަށް ޖަވާބުދާރީވުމަށް ބައިނަލްއަޤްވާމީ ކޯޓަށް އިސްރާއީލު ޙާޒިރުވާނެ

ޣައްޒާގައި އިސްރާއީލުން ނަސްލުހޭދުގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހްމަތުކޮށް ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅި ދަޢުވާ ޤަބޫލުނުކުރުމަށް އެކޯޓަށް ގޮވައިލުމަށް ޓަކައި އިސްރާއީލުން ކޯޓަށް ޙާޒިރުވުމަށް ނިންމައިފިއެވެ. 

އިސްރާއީލުން މި ކޯޓަށް ޙާޒިރުވާން ނިންމީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ދެކުނު އެފްރިކާއިން ކޯޓުގައި އެދުނުއެދުމަށް ކޯޓުން އިޖާބަދިނުމާ ދެކޮޅު ހެދުމުންނެވެ. 

ވައި ނެޓް ރޭ އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ތުސާޙީ ހަންގްބީއާ ހަވާލާދީ ބުނިގޮތުގައި އިސްރާއީލަކީ ނަސްލުހޭދު މަނާކުރާ އެއްބަސްވުމުގައި އެތައް ދަހަރުތަކެއް ކުރިން ސޮއިކޮށްފައިވާ ތަނެކެވެ. އޭނާ ބުންޏެވެ. "އަހުރެމެން މި ކަމާބެހޭގޮތުން ކުރެވޭ ބަޙުސްތަކަށް ހުރަހެއް ނާޅާނަމެވެ. އަހުރެމެން  ކޯޓަށް ގޮސް އެ ދަޢުވާއަށް  ޖަވާބުދާރީވާނަމެވެ."

އޭނާ ބުންޏެވެ. "ދެކުނު އެފްރިކާއާ ދެކޮޅަށް ސިޔާސީ ގޮތުން ފިއްތުމަށް ޓަކައި އިސްރާއީލުގެ ރަޙްމަތްތެރިންނާއި އެކުވެރިން ބޭނުންކުރާނެއެވެ."

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ނަސްލުހޭދުގެ ދަޢުވާ ހުށައެޅީ މި ދިޔަ ހުކުރުދުވަހުއެވެ. ދެކުނު އެފްރިކާއިން ތުހްމަތު ކުރާގޮތުގައި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ފަލަސްޠީނު ނަސްލު ފުހެލުމަށް ޓަކައި ކުރާ ހަނގުރާމައެކެވެ.

ފަލަސްޠީނުގެ ތާއީދު

މި މަސްއަލައާ ބެހޭގޮތުން ޙަމާސުން ނެރުނު ބަޔާނުގައި ބައިނަލްއަޤްވާމީ ކޯޓުން މި މަސްއަލަ އަވަހަށް ބަލަން ފެށުމަށް އެދޭކަމަށް ބުނެފައިވެއެވެ. ޙަމާސުން ބުނިގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކަކީ  ފަލަސްޠީނު މީހުންގެ ނަސްލު ފުހެ ނައްތައިލުމަށް އިސްރާއީލުން ރާވައިގެން ކުރަމުންދާ ކަމެކެވެ. 

ފަލަސްޠީނުގެ ޚާރިޖިއްޔާއިން ވެސް ވަނީ ދެކުނު އެފްރިކާގެ މި ދަޢުވާއަށް ތާއީދުކޮށްފައެވެ. 

އިއްޔެ ޣައްޒާގެ މީޑިޔާ އިދާރާއިން ހާމަކުރިގޮތުގައި އިސްރާއީލުގެ ޢުދްވާނު ފެށިފަހުން މިހާތަނަށް 65 ހާސް ޓަނުގެ ގޮވާއެއްޗެހި ވަނީ ޣައްޒާއަށް އޮއްސައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *