Support Us

2023 ގައި މަހުޖަނުންނަށް 1.3 ޓްރިލިއަން ޑޮލަރު ފައިދާ 

ބިލިޔަނޭރުންގެ ފަންނިއްޔަތުގެ މުއްސަނދިކަން 658 ބިލިއަން ޑޮލަރު މައްޗަށް

މަހުޖަނުންގެ މުއްސަނދިކަން އެންމެ ބޮޑަށް ގުޅިފައިވަނީ ފަންނިއްޔަތުގެ ޙިއްޞާއާއެވެ. އިޤްތިޞާދީ ކަސާދައާއި ލާދަ މައްޗަށް ދިޔުމާއި ބޭންކުތަކުން ދިން ފައިދާ މައްޗަށް ދިޔުމާއި ޖިޔޯސިޔާސީ ހަލަބޮލިކަމާއެކުގައި ވެސް މި އަހަރު ވަނީ ފަންނިއްޔަތުގެ ޙިއްޞާގެ އަގުތައް ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. ބްލޫމްބަރގް ބުނާގޮތުގައި ފަންނިއްޔަތުގެ މައިދާނުގައި ބިލިޔަނޭރުންގެ މުއްސަނދިކަން ވަނީ 48% މައްޗަށް ގޮސްފައެވެ. އެއީ ގާތްގަނޑަކަށް 658 ބިލިއަން ޑޮލަރެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބު މި އަހަރު ހޯދައިފައިވަނީ އެލަން މާސްކެވެ. އޭނާ މިއަހަރު ވަނީ 2022ގެ އެންމެ މުއްސަނދި މަހުޖަނުކަމަށް ރެކޯޑް ކުރެވިފައިވާ ފަރަންސޭސިވިލާތުގެ ބިލިޔަނޭރު ބަރނަރޑް އަރްނޯ ޖަހައިލައިފާ ކުރިއަރައިފައެވެ. ޓެސްލާ ކުންފުނީގެ މުއްސަނދިކަން ވަނީ 95.4 ބިލިޔަނުން އިއްޔެއާ ހަމައަށް އައިއިރު 232 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ޓެސްލާއާ އެއްފަދައިން ސްޕޭސް އެކްސް އަށް ވެސް ވަނީ ބޮޑެތި ފައިދާތަކެއް ޙާޞިލުކުރެވިފައެވެ. އެލަން މަސްކްގެ ސާފު މުއްސަނދިކަން މިހާރު ވަނީ އަރްނޯއަށްވުރެ 50 ބިލިއަން މައްޗަށް އަރައިފައެވެ.

އަދި 2023 ގައި ދެވަނަ ޙާޞިލްކޮށްފައިވަނީ އަރްނޯ އާއި އެމަޒަން ޑޮޓް ކޮމް ކުންފުނީގެ މުއައްސިސް ޖެފް ޕިޒޮސްއެވެ.

މެޓާ ޕްލެޓްފޯރމް ކުންފުނީގެ ވެރިޔާ މާރކް ޒޮކަރބަރގްގެ މުއްސަނދިކަން ވަނީ 80 ބިލިޔަނަށްވުރެ މައްޗަށް ގޮސްފައެވެ.

ބައެއް މަހުޖަނުންގެ ދަބަސް ފުރިގެން ދިޔައިރު އަނެއް ބައި މަޖުޖަނުންގެ ދަބަސް ވަނީ ހިނދިފައެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ އެއް މަހުޖަނަކީ އިންޑިޔާގެ ބިލިޔަނޭރު ގޯޓަމް އަދާނީއެވެ. އޭނާގެ ސާފު މުއްސަނދިކަން މިހާރު ވަނީ 37.3 ބިލިޔަނުން 27 ބިލިޔަނަށް ދަށަށްގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *