Support Us

ލަނޑުދަނޑިތައް ޙާޞިލްކުރުމަށްފަހު ޔުކްރޭންގައި ޞުލްޙަ ޤާއިމުކުރެވިދާނެ: ޕުޓިން

ޔުކްރޭންގައި ކުރަމުންދާ ހަނގުރާމައަށް ރަޝިޔާއިން ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްފަހު ޔުކްރޭންގައި ޞުލްޙަ ޤާއިމުކުރެވިދާނެ ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

މޮސްކޯގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ޕުޓިން ވިދާޅުވިއެވެ. "އަހުރެމެންގެ ލަނޑުދަނޑިތައް ޙާޞިލްވުމުން ޞުލްޙަ އޮންނާނެއެވެ. މި ލަނޑުދަނޑިތަކަށް ބަދަލެއް ނާދެއެވެ. އަހުރެމެން ދައްކަމުންދާ ވާހަކަތައް ހަނދާންކޮށްލައި ދީފާނަމެވެ. އެއީ ނާޒިއްޔަތު ނައްތައިލުމާއި ޔުކްރޭން އަތުގައި ހުރި ހަތިޔާރުތައް ނިގުޅައިގަތުމާއި ޔުކްރޭން ވަކި ފަރާތަކަށް ނުޖެހޭ ޤައުމަކަށްވުމެވެ."

ޕުޓިން ވިދާޅުވިއެވެ. "ހަތިޔާރު ނިގުޅައިގަތުމުގެ މަސްއަލައިގައި އެމީހުން ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އަހުރެމެންނަށް ފިޔަވަޅުތައް އަޅަން މަޖްބޫރުވީއެވެ. އޭގެތެރޭގައި ޢަސްކަރީ ފިޔަވަޅުތައް ވެސް ހިމެނެއެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްތަންބޯލުގައި ދެ ފަރާތުން އެކަމަށް އެއްބަސްވިއެވެ. އެހެނަސް ޔުކްރޭނިޔާ ވަނީ މި އެއްބަސްވުން އެއްލާލައިފައެވެ."

ޕުޓިން ވިދާޅުވިއެވެ. "އޮތީ އެއްބަސްވުމެވެ. ނުވަތަ މަސްއަލަ ޙައްލު ކުރާނީ ބާރުންނެވެ."

ޕުޓިންގެ ވާހަކަފުޅުގައި ޔުކްރޭން ވަކިފަރާތަކަށް ނުޖެހި އޮތުމަށް ގޮވައިލެއްވިއެވެ. ނޭޓޯއާ ގުޅިގެން ނުވާނެއެވެ.

ވޮޝިންގްޓަނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ. "އެމެރިކާއާއެކު ގުޅުންތައް ރުޖޫޢަކުރުމަށް އަސާސީ އެއްވެސް ޝަރްޠެއް ނެތެވެ. އޮތީ ރަޝިޔާއަށް އިޙްތިރާމު ކުރުމެވެ."

ޕުޓިން ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުގައި ސިޔާދަތެއް ނެތެވެ.އެ ޤައުމުތަކުން ކަނޑައަޅަމުންދާ ޤަރާރުތަކުން ގެއްލުން ލިބެމުންދަނީ ހަމަ އެ ޤައުމުތަކަށެވެ.

ޕުޓިން ވިދާޅުވިގޮތުގައި "ޔޫރަޕާއެކު ގުޅުންތައް ނުބައި ކުރީ އެ ޤައުމުތަކުންނެވެ. ރަޝިޔާއަކުން ނޫނެވެ. އެ ޤައުމުތަކުން ވަނީ ރަޝިޔާގެ މަޞްލަޙަތުތައް ހަނދާން ނައްތާލައިފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *