Support Us

ޣައްޒާގެ ބޯހިޔާވަހިތަކަށް އިސްރާއީލުން އަލިފާން ބޮންއަޅައިފި

ޣައްޒާގެ އެތަންމިތަނަށް އިސްރާއީލުން މިއަދު ބޮންއަޅަމުން ގޮސް ޢާންމުންގެ ބޯހިޔާވައްސަކަށް އަލިފާން ބޮން އަޅައި އެތަން އަންދައިލައިފިއެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުގައި ޣައްޒާގެ މެދުތެރޭ ސަރަޙައްދަށް ބޮންއެޅުމުގެ ސަބަބުން މިއަދު ޝުހަދާއުލްއަޤްޞާ ހަސްފަތާލަށް 71 ޝަހީދުންނާއި 160 ޒަޚަމީން ގެންދެވުނެވެ. އަދި ދެކުނު ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން 62 ޝަހީދުންނާއި 100 ޒަޚަމީން ނާޞިރު މެޑިކަލް އެކުވެންޏަށް ގެންދެވުނެވެ. ޖަޒީރާ ބުނާގޮތުގައި މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. ޖަޒީރާ ބުނާގޮތުގައި އަލިފާން ބޮންއެޅީ ދައިރުލް ބަލަޙު ސަރަހައްދު އައްސަލާމު އަވަށުގެ ގެއަކަށެވެ. ޖަޒީރާ ބުނާގޮތުގައި ޒަޚަމުވި މީހުންގެ ޙާލަތު ވަރަށް ނާޒުކެވެ. އެއީ މި ހަސްފަތާލުތަކުގައި އެމީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެ ވަސީލަތްތައް މަދުކަމުންނެވެ.

އަލިފާން ބޮން

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާގެ ޑިރެކްޓަރެއް ކަމުގައި މުނީރުލް ބުރްޝް މިއަދު ހާމަކުރެއްވި ގޮތުގައި ޣައްޒާގެ އުތުރުގައި ބޯހިޔަވަހިކަންދޭ މަރްކަޒުތަކަކަށް އިސްރާއީލުން އެޅީ އަލިފާންބޮމާއި ދުންބޮމެވެ. މި ކަމުގެ ސަބަބުން ބައެއް މީހުން ޒަޚަމުވެފައިވަނީ އަނދައިގެންނެވެ. އަނެއް ބަޔަކު ޒަޚަމުވެފައިވަނީ ނޭވާ ހާސްވެގެންނެވެ. ޖަޒީރާ ބުނާގޮތުގައި މީގެ ކުރިން އިސްރާއީލުން އަލިފާންބޮން ބޭނުންކޮށްފައެއް ނުވެއެވެ. 

އަނެއްކޮޅުން ބަލާއިރު ޤައްސާމުގެ ހަނގުރާމަވެރިން ބުނާގޮތުގައި ޣައްޒާތެރެއަށް ވަދެގެން އުޅޭ އިސްރާއީލު ސިފައިންނާ އެމީހުންނާ ދެމެދުގައި ވަރަށް ވަރުގަދައަށް ކުރިމަތިލުންތައް ހިނގަމުން އެބަދެއެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލުގެ 21 އާލަތް ހަލާކުކޮށްލެވުނެވެ. 

މީގެއިތުރަށް އިސްލާމީ ޖިހާދު ޖަމާޢަތުގެ ސަރާޔާ އަލްޤުދުސުގެ ހަނގުރާމަވެރިން ބުނާގޮތުގައި އެމީހުންވެސް ދަނީ ޣައްޒާގެ ބައެއް ހިސާބުތަކުގައި އިސްރާއީލު ސިފައިންނާ ކުރިމަތިލަމުންނެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *