Support Us

އިސްރާއީލުން ޖަނީން ޢަސްކަރީ ސަރަޙައްދަކަށް ހަދައިފި

ހުޅަނގު އައްސޭރީގެ ޖަނީން ސަހަރު އިސްރާއީލުގެ ޢަސްކަރީ ބަންދު ސަރަޙައްދަކަށް ރޭ ހަދައި އެކަން މިއަދު އިޢުލާންކޮށްފިއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ބޮޑު ބާރެއް ޖަނީނަށް އެރީ ބުލްޑޯޒަރުތަކާއެކުގައެވެ. އެ ސަހަރުގެ އުސް ޢިމާރާތްތަކުގެ މަތީގައި ބަޑީކެޔޮޅުން ވަނީ ފޯރީއަށް ބައިތިއްބައިފައެވެ.

އިސްރާއީލުގެ ޑްރޯންތައް މި ސަހަރުމަތީގައި އުދުހެމުން ދިޔައިރު އިސްރާއީލު ސިފައިންގެ ބަޔަކު މި ސަހަރުގެ ގެއެއް ވަނީ ޙިޞާރު ކޮށްފައެވެ. މީގެ އިތުރަށް އިސްރާއީލު ސިފައިން ވަނީ އެ ސަހަރުގެ ޖަނީން ހަސްފަތާލާއި އިބްނު ސީނާ ހަސްފަތާލު ޙިޞާރުކޮށްފައެވެ. އިސްރާއީލު ސިފައިންގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ތިން މީހުން ވަނީ ޒަޚަމުވެފައެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ (ވަފާ) ބުނާގޮތުގައި ޖަނީން ސަހަރަށް އިސްރާއީލުން އެރީ ވަރަށް ބޮޑު ފައުޖަކާއެކުގައެވެ. އެތައް ނާރެސްތަކަކުން ލައިފައެވެ. އެމީހުން ވަނީ ޖަނީން ފޭލިގެއަވަށް ވެސް ޙިޞާރުކޮށްފައެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އެ ޖަމްޢިއްޔާގެ ފުރަތަމަ އެހީގެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިސްރާއީލުން ވަނީ  ޒަޚަމުވެފައިވާ މީހުން ހަސްފަތާލަށް ގެންދިޔުން ވެސް މަނާކޮށްފައެވެ.

ޖަނީނާއި ޖަނީން ފޭލިގެއަވަށުގެ އިތުރަށް އިސްރާއިލުން ވަނީ ނަބްލުސްއަށް ވެސް އަރައިފައެވެ. މި ސަހަރުން ވެސް އެތައް ގެއަކަށް ވަދެ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *