Support Us

އަސީރުން ބަދަލުކުރުމުގެ ދެވަނަ ފިޔަވަހި ފުރިހަމަކޮށްފި

ޙަމާސާއެކު އިސްރާއީލުން ހެދި ޑީލުގެ ދަށުން ދޫކޮށްލި ފަލަސްޠީނުގެ އަސީރުންގެ ދެވަނަ ފައުޖު މިއަދު ހެނދުނު ދޫކޮށްލައިފިއެވެ.

މިއަދު ހެނދުނު ދޫކޮށްލި އަސީރުން ދޫކޮށްލައިފައި ވަނީ ރާމަﷲގެ ހުޅަނގުގައި ހަދައިފައިވާ ޢޫފަރު ޖަލުންނެވެ. ދޫކޮށްލި މީހުންނަކީ ހުޅަނގު އައްސޭރީގެ ތަފާތު ރަށްރަށުން އިސްރާއީލު ހައްޔަރުކޮށް ޖަލަށްލައިފައިވާ ބައެކެވެ.

ފަލަސްޠީނުގެ އަސީރުންނަށް މަރްޙަބާކިޔުން މަނާކުރުމަށް ޓަކައި އިސްރާއީލުން ކަރުނަގޭސް ބޭނުންކުރިކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުންޏެވެ.

ޤަޠަރުން ހާމަކުރި ގޮތުގައި ފަލަސްޠީނުގެ 39 އަސީރުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި ޙަމާސުން އިސްރާއީލުގެ 13 މީހުން ދޫކޮށްލާނެއެވެ. އަދި މި އެއްބަސްވުމުގެ ބޭރުން ބިދޭސީންގެ ހަތް މީހަކު ދޫކޮށްލާނެއެވެ. ޤަޠަރުގެ ޚާރިޖިއްޔާގެ ތަރްޖަމާނު އަލްއަންޞާރީ އޭނާގެ އެކްސްގައި ހާމަކުރައްވައިފައިވާ ގޮތުގައި އިސްރާއީލުގެ 13 މީހުންނާއި ބިދޭސީންގެ ހަތަރު މީހަކު ރެޑް ކްރޮސްއާ ޙަވާލުކޮށްފިއެވެ. އެމީހުން ރަފަޙަށް ހިނގައްޖެއެވެ. އިސްރާއީލާ ޙަވާލު ކުރެވޭނީ މިޞްރުގެ ރަފަޙު ދޮރޯށި ކައިރިންނެވެ.އިސްރާއީލުން ރޭ ދަންވަރުގެ ވަގުތެއްގައި އިޢުލާންކުރި ގޮތުގައި އިސްރާއީލުގެ 13 މީހުންނާއި ބިދޭސީ ހަތަރު މީހުން އިސްރާއީލަށް އަތުވެއްޖެއެވެ.

އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ޣައްޒާއަށް ކާބޯތަކެއްޗާއި ގޭސް ވަނުމަށް ހުރަސްއެޅުމުން ޙަމާސުން ރޭ ވަނީ އަސީރުން ދޫކޮށްލުން މަޑުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *