Support Us

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވީޑިއޯ ބަޔާން ދެއްވަނީ

ހަމާސް އަކީ "ޓެރަރިސްޓުން" ކަމަށް ވިދާޅުވެ އިޒްރޭލުގެ ސަލާމަތަށް އެދި ޑރ. ޝަހީދު ދުއާކުރައްވާ ވީޑިއޯއެއް

ހަމާސް އަކީ "ޓެރަރިސްޓުން" ކަމަށް ވިދާޅުވެ ޔަހޫދީ އިޒްރޭލުގެ ރައްޔިތުންގެ ސަލާމަތަށް އެދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދުއާކުރައްވާ ވީޑިއޯ ބަޔާނެއް އާއްމުވެއްޖެއެވެ.

އދ.ގެ ދީނީ މިނިވަންކަމަށް މަސައްކަތް ކުރައްވާ ހާއްސަ މުޝީރު ކަމުގައި ހުންނެވި ޑރ. ޝަހީދުގެ މި ވީޑިއޯ ފުހެލައިފައި ވިޔަސް، މީސްމީޑިއާ އަށް މިހާރު ފެންމަތިވެފައިވާ މި ބަޔާނުގައި އޭނާ ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ކުރާ ނަސްލީ ތަފާތުކުރުންތަކުގައި އޭނާގެ ތާއީދު ވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނާ އެކުގައި ކަމަށާއި، "ރަހީނުކުރި ޔަހުދީންގެ ސަލާމަތްތެރިކަމަށް ދުއާކުރައްވާ" ކަމަށާއި "އެ މީހުން ވަގުތުން، އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް ގޮވާލާ ފަރާތްތަކާއެކީ" ވާ ކަމަށެވެ.

ގާތްގަނޑަކަށް ދޮޅު މިނިޓުގެ މި ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅެމުންދާ ޔަހޫދީންނާ އެކުގައިވާ ކަމަށެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ހިންގި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މިވީ ހަ އަހަރުގެ ދުވަހުގެ ތެރޭގައި އޭނާ އާއެކު މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ "އިޒްރޭލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރަމުންދާ ތަޖުރިބާތައް އިހުސާސް ވެސް ކޮށްލަން ދަތި" ކަމަށާއި ހާއްސަކޮށް "ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކާއި އެބައި މީހުންގެ ގާތް ލޯބިވާ ފަރާތްތަކާއި އޭގެ ތެރޭން ހާހަކަށް ވުރެ ގިނަ ފަރާތްތައް ގެއްލުނު ފަރާތްތަކާއި އިޒްރޭލުގެ އެތެރޭގައި ޔަހޫދީން މަރާ ހުސްކޮށްލުމަށް ހިންގި "ޕޮގްރޮމް" ނުވަތަ ނަސްލީ ގަތުލު އާއްމު ބަލައިނުގަނެވޭނެ" ކަމަށެވެ.

އެ ގޮތުން "ހަމާސްގެ "ޓެރަރިސްޓުން" ހިންގި ބަޔާންކުރަން ދަތި އަނިޔާވެރި އަމަލުތަކަކީ އެއްވެސް އުޒުރެއް ދެއްކޭނެ އަމަލުތަކެއް ނޫން" ކަމަށާއި "މި ފަދަ ޖާހިލު އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ" ކަމަށެވެ.

އަދި ހަމާސްގެ މި އަމަލުތަކަކީ "އެއްވެސް ހިފެހެއްޓުމެއް ނެތި، ވަށާޖެހޭ ގޮތަށް ކުށްވެރިކުރަން ޖެހޭ ހަމަލާތަކެއް" ކަމަށާއި ދުނިޔޭގެ ވެރިން ކުށްވެރި ކުރެއްވި ފަދައިން ޑރ. ޝަހީދު ވެސް އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

މި ފަދަ އަނިޔާވެރިކަން އައުން އެކަށީގެން ވަނީ ހަމައެކަނި ޔަހޫދީންނާ ދެކޮޅަށް އޮތް ވަރުގަދަ ނަފުރަތާއި ޑރ. ޝަހީދު މި ފަދަ ގިނަ ވަގުތުތަކެއް ޔަހޫދީންގެ ނަސްލާ ދެކޮޅަށް ކުރެވޭ ތަފާތުތަކާއި ހުރިހާ ބާވަތެއްގެ ނަފުރަތާ ދެކޮޅަށް ހަނގުރާމަކުރެއްވީ މިހެންވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ މި ކުރިމަތިލުންތަކުގެ ތެރޭގައި ތާށިވެފައިވާ އާއްމު ފަރާތްތަކަށް ލުޔެއް ލިބުމަށާއި "ޕޮޒިޓިވް" ނުވަތަ ރަނގަޅު އެއްޗެއް ބުނެލާނެ ފުރުސަތެއް އެދޭ ކަމަށާއި އޭނާގެ އެދުމަކީ ހަމަ ވިސްނޭ ހުރިހާ އެންމެން ވެސް މި އަނދިރި ހާދިސާއިން ކުރިއަށް ވުރެ ގަދަފަދަ ކަމާއެކު ނިކުމެވޭނެ ކަމަށް އުއްމީދު ކުރެވުން ކަމަށާއި "އެއީ އަހަރެމެން އެންމެން އެކުގައި ހިއްސާ ކުރާ އިންސާނިއްޔަތުކަން ނެގެހެއްޓުމަށް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11110
ޚިޔާލު ފާޅުކުރައްވާ!

7 Responses

  1. Thiee dhivehi islaamee meehekeybunaathee ladhuganey raahjeygai ulhey thiya yahoodheekaleyge mihaarumihaarah raahjegenes hahyarukoh behuhtumashaai adhi thikaleyge thaubaavumah govaalan

  2. Gaiga insaaniyathu kameh nehtha … Palestine ge Kuda kudhin naa anhenun naai Muslim ah kuraa aniyaaa nufennahaa dhelo kanutha …Israiel ga ekanitha dharin thibenee nooni aailaa eh onnanee…Kaley kahala Muslim Aku Israiel ge salaamathah dua kureema kosvehjje …kaleytheee anehkaaa Muslim ehtha …quran GA angavaafa vanee yahoodheen ge thanakee naraka Kan …Al aqsa akee Muslim ge enme Mai miskih …Muslim ah nasru dhevaane Kan quran GA aisfaavey aharumen nuvey kanbodeh …Allah akbar ☝️

  3. ތިއީ އޭނަގެ މަސްލަހަތު ނޫން އެހެން އެއްވެސް އެއްޗެއް އޭނައަށް ނުފެންނަ މީހެއް. ތިމާގެ މަގާމުގެ ކުރިއެރުން ހޯދުމުގެ ގޮތުން، 'ރަން ތިރީސް' އޭރުގެ ސަރުކާރުގެ 'ނަމޫނާ ޑިމޮކުރަސީ' ދިފާއުކުރި. ކީއްވެގެން، އަމިއްލަ މަގާމު ދިފާއުކުރަން. އޭގެ ފަހުން އެ ސަރުކާރު ކުށްވެރިކުރި. ކީއްވެގެން؟ އަމިއްލަ މަގާމު ދިފާއުކުރަން. ދެން، އިރާނު ކުށްވެރިކުރި. އެތަނުގެ ހާލަތު ރަނގަޅަށް ބެލުމެއް ވެސް ނެތި. މިހެން މިބުނީ އެތަނަށް އޭނައަށް ނުވެސް ދެވޭ. ނަމަވެސް، ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ވަކިބަޔަކު އެދޭ ގޮތަކަށް އީރާނާ ބެހޭ ރިޕޯޓު ތައްޔާރު ކުރި. ކީއްވެ، އަމިއްލަ މަގާމު ދިފާއުކުރަން. ފިރިހެންކުޅި ކުޅުމާއި އަންހެން ކުޅި ކުޅުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނެ އެކަން ވެސް ދިފާއުކުރި. ކީއްވެގެން؟ އަމިއްލަ މަގާމުގައި ހުރެވޭތޯ. މިހާރު ވެސް އެ ބުނި ވާހަކައެއް އެ ބުނީ ހަމަ އަމިއްލަ މަގާމު ދިފާއުކުރުމުގެ ގޮތުން. އެހެންވީމާ އޭނައަކީ އޭނަގެ އަމިއްލަ މަސްލަހަތުގެ އަޅެކޭ ބުނެވޭނީ. އޭނަ ބުނާ އެއްޗިއްސަކީ ވަކި ބަޔަކަށް ހެޔޮ އެދިގެން ނޫނީ ވަކި އުސޫލެއްގެ މަތީގައަ ހުރީމަ ބުނާ އެއްޗެއް ނޫން. އަމިއްލަ ފައިސާއަށްޓަކައި އަމިއްލަ މަސްލަހަތަށްޓަކައި ޚާލިސް އަމިއްލަ އެދުމަށްޓަކައި ބުނާ އެއްޗެއް. ކުރުކޮށް ބުނާ ނަމަ، އޭނައަކީ މަސްލަހަތުގެ އަޅެއް. އަމިއްލަ ނަފްސަށް އަޅުކަންކުރާ މުނާފިގެއް!

  4. މި ފަދަ މީހުންނަށް ވިދާލުވެޔެކޭ ކިޔައިގެން ނުވާނެ. އެއީ އިޙުތިރާމްކުރާ މީހުންނަށް ބޭނުންކުރާ ދަރަޖައެއް. އެއީ އިސްލާމް ދިނުގެ ޢަދުއްވެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *