ބ. ކިހާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށުގެ ވޮލީކޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ކިހާދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި 231 މީޓަރު ބޮޑުހިލަޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޖެހުމާއި 326 މީޓަރުގެ ބޭރުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭއިތުރު މަސައްކަތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ކިހާދޫގެ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ. ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.



advertisment