Support Us

ސަލްމާން މިސްކިތުގައި ޙުތުބާ ވިދާޅުވަނީ: އާ މިންގަނޑުގައި ވަނީ ޖުއްބާއާއި އަޒުހަރު ތާކިހާ

އިމާމުވެ ހުކުރުކުރައްވާ ޚަތީބުންގެ ހެދުންކޮޅު ކަނޑައަޅުއްވައިފި

ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންގެ ހެދުންކޮޅު ހުންނާން ޖެހޭ ގޮތުގެ މިންގަނޑެއް ކަނޑައަޅުއްވައި މާދަމާ އިން ފެށިގެން އެ އުސޫލަށް ޢަމަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މި މިންގަނޑުގައި ވާ ގޮތުން ހުކުރު ނަމާދު ކުރައްވާ ޚަޠީބުން މާދަމާއިން ފެށިގެން ތިއްބަވަންވާނީ ޖުއްބާއާއި އަޒުހަރު ތާކިހާ ތުރުކުރައްވައިގެންނެވެ.

މީގެ ކުރީން ބައެއް ޚަޠީބުން އެ ގޮތަށް ހެދުންކޮޅު ތުރުކުރެއްވި ނަމަ ވެސް އެއީ އިސްލާމިކް މިނިސްޓްރީން އަންގައިގެން ކުރައްވާ ކަމެއް ނޫން ކަމަށް އިމާމަކު މިއަދު ވިދާޅުވިއެވެ. ކުރިން އޮންނަ ގޮތުން އަތްދިގު ގަމީހާއި ތާކިހާ ފަދަ ހެދުމެއް ބޭނުންކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އޮންނަނީ ހަމަޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހދ. ނޮޅިވަރަންފަރު އެދުރުކަލޭފާނު މިސްކިތުގައި އިމާމު މަޑުކޮށްލައްވައިގެން: އާ މިންގަނޑުގައި ވަނީ ޖުއްބާއާއި އަޒުހަރު ތާކިހާ

"ޚަޠީބުންނާއި އިމާމުން ރީތިކޮށް، ޙާލަތާ އެކަށީގެންވާ ގޮތަކަށް ހެދުންކޮޅު ބެހެއްޓެވުމަކީ ވަރަށް ރަނގަޅު ކަމެއް. އާދައިގެ ހެދުމެއްގައި އިމާމަކު ހުކުރުކުރައްވާން މިސްކިތަށް ވަޑައިގަތުމުން، މިހުރާބުގެއިން ވަދެވަޑައިގެންނެވޭން ނުހުންނަ މިސްކިތްތަކަށް ވަދެވަޑައިގަންނަވާން ދަތިފުޅުވެގެން އުޅުއްވާ މަންޒަރު ވެސް ފެނޭ. ނަމަވެސް އެ ބޭފުޅުން ތަފާތު ހެދުންކޮޅެއްގައި ތިއްބެވުމުން އެންމެންނަށް ވެސް އެއީ ޚަޠީބުކަން ފާހަގަކުރެވޭނެތީ، ވަދެވަޑައިގަންނަވާން ފަސޭހަވާނެ ކަމަށް ފެނޭ،" މާލޭ މިސްކިތްތަކުގައި އިމާމުވެ ހުކުރުނަމަދާއި ޢީދުނަމާދު ކުރައްވާ ޚަޠީބަކު ވިދާޅުވިއެވެ. "އެހެންކަމުން މި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރެވޭ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *